ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ހަވާ އަރުވާނެކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވާކަން ފަހަގަކޮށް ފުލުހުން ބުނީ މިރޭ 23:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވާ އަރުވަން ހަމަޖެހިފައިވާކަމަށެވެ.

ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، އެކަމުގެ މުނާސަބާގައި ރޭ ޖުމްހޫރީ މައިދާނުގައިވެސް ޖަލްސާއެއް ބާއްވާފައިވެ އެވެ.

އެގޮތުން އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުޢުތަޞިމް އަދުނާން، ބައިވެރިވެ ވަޑައިގެންފައިވެ އެވެ. އަދި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލިސްގެ އިއްޒަތްތެރި މެމްބަރުންނާއި، އިސް ބޭފުޅުން ވަޑައިގެންފައިވެ އެވެ.

އެ ރަސްމިއްޔާތުގައި ފުލުހުންނަށް މެޑަލް ދީފައިވެ އެވެ.