މަމްސް އެންޖީއޯގެ އިސްނަގައިގެން ފެށި "އައިޝާގެ އާއިލާއަށް އެހީތެރިވަމާ" ކެމްޕެއިންގެ ދަށުން ހިތްގައިމު ރީތި ގެއެއް އިމާރާތްކޮށްދީފި އެވެ.

މަމްސްން ބުނީ އެ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ކެމްޕެއިންއަކީ އެކަނިވެރި މަޔަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ކެމްޕެއިނެއް ކަމަށެވެ. އަދި އެ ކެމްޕެއިން ފުރިހަމަކަމާއެކު ނިންމާލާފައިވާ ކަމަށް ވެސް މަމްސް އިން ބުންޏެވެ

" 'އައިޝާގެ ޢާއިލާއަށް އެހީތެރިވަމާ' ކެމްޕެއިން މިވަނީ މާތްﷲ ރަހުމަތްފުޅާއެކު ވަރަށް ފުރިހަމައަށް ނިންމާލެވިފައި،" އެ ޖަމިއްޔާއިން ބުންޏެވެ.

މަމްސް އިން ބުނީ، އައިޝާގެ އާއިލާ ދިރިއުޅެމުންދިޔަ ގެ، ދިރިއުޅެވޭނެ ރަނގަޅު ފެންވަރަކަށް މަރާމާތުކޮށް، އެ ގެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހަދާފައިވާ ކަމަށެވެ. އެގޮތުން ފާރުތަކުގައި ސިމެންތި ޖަހައި އޮމާންކުރުމުގެ މަސައްކަތާއި، ކުލަލައި، ތަޅުން އެއްވަރުކޮށްފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މަމްސް އެންޖީއޯއިން ކުރިއަށް ގެންދިއަ "އައިޝާގެ އާއިލާއަށް އެހީވަމާ" ކެމްޕޭނުގެ މަސައްކަތް ފެންނަ ފޮޓޯއެއް.
މަމްސް އެންޖީއޯއިން ކުރިއަށް ގެންދިއަ "އައިޝާގެ އާއިލާއަށް އެހީވަމާ" ކެމްޕޭނުގެ މަސައްކަތް ފެންނަ ފޮޓޯއެއް.
މަމްސް އެންޖީއޯއިން ކުރިއަށް ގެންދިއަ "އައިޝާގެ އާއިލާއަށް އެހީވަމާ" ކެމްޕޭނުގެ މަސައްކަތް ފެންނަ ފޮޓޯއެއް.

އޭގެ އިތުރުން ބަދިގެއަށް ފެންނުވަންނަ ގޮތަށް ހެދުމާއި، ޖަންކްޝަން ރަނގަޅުކޮށް މަތިޖެހުމާއި، ފާޚާނާ މަރާމާތުކުރުން ހިމެނޭ ކަމަށް އެ އެ ޖަމިއްޔާއިން ބުންޏެވެ. އަދި ގެއަށް ބޭނުންވާ ފަރުނީޗަރާއި، ތެލި ތަށި ފަދަ ކޮންމެހެން ބޭނުންވާނެ މުހިއްމު ހުރިހާ ސާމާނެއް ވެސް ޢާއިލާއަށް ފޯރުކޮށްދީފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މަމްސްއިން ވަނީ، "އައިޝާގެ އާއިލާއަށް އެހީތެރިވަމާ" ކެމްޕޭނުގެ ދަށުން އެގޭގައި އުޅޭ ކުދިންނަށް ބޭނުންވާ އަންނައުނު ވެސް ފޯރުކޮށްދީފަ އެވެ.