ސަލްމާން މިސްކިތުގައި ޕާކު ކުރާނެ ޖާގަ ނެތީ ކުރީ ސަރުކާރުން އެކަމަށް ޕްލޭން ނުކުރުމުން ކަމަށް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
އަކްރަމް މިހެން ވިދާޅުވީ މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު މިސްކިތް ސަރަހައްދުގައި ޕާކު ކުރާނެ ގޮތް ހެދުމަށް އެ މިސްކިތުގެ ކުރިމަތީގައި އޮންނަ އެމްޓީސީސީ ސޯމިލް ދިނުމަށް މާލެ ސިޓީ ކައުންސިލުން އެދުނު ނަމަވެސް އެކަން ނުކޮށްދޭ ކަމަށް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަ އެވެ.
ސަލްމާން މިސްކިތުގެ މިސްކިތުގެ ގޯތި ތެރެއަށްވާ ސަރަހައްދުން ބޭސްމަންޓް ނުވަތަޕާކިންއެއް ހިމަނައިފައިވާ ކުރެހުމެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުން ދާއިރު އަކްރަމް ވިދާޅުވީ ސަލްމާން މިސްކިތް ކުރީގެ ސަރުކާރުގައި އެކި ފަހަރު މަތިން ޕްލޭން ބަދަލުކޮށްފައިވާ ކަމަށާއި ފަހުން މިސްކިތް ބިނާކޮށްފައިވަނީ ޕާކިންއަށް ޖާގައެއް ޚާއްސަ ނުކޮށް ކަމަށެވެ. އަދި ކުރެހުމަކީ ފުރަތަމަ ޕްލޭން ކުރި ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސޯމިލްގެ ބިން ހޯދުމަށް ސިޓީ ކައުންސިލުން ޕްލޭނިން މިނިސްޓްރީގައި އެދިފައިނުވާކަމަށެވެ. އަކްރަމް ވިދާޅުވީ ސޯމިލް ބިމުގައި އެކި ކަންކަން ކުރުމަށް މިހާރުވެސް ޕްލޭން ކުރެވިފައިވާކަމަށެވެ. އެހެންކަމުން ކޮންމެ ކޮންމެ ބިމެއް ދޫކުރުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އަކްރަމް ވިދާޅުވި އެވެ.
ސަލްމާން މިސްކިތް ހުޅުވުމާއިއެކު، އެތައް ސަތޭކަ ބަޔަކު އެ މިސްކިތުގައި ނަމާދު ކުރުމަށް ގޮސް ވެހިކަލް ޕާކް ކުރުމުގައި ހުރި ދަތިތަކާ ގުޅިގެން ސޯޝަލް މީޑިއާގަ އާއި، މާލެ ސިޓީ ކައުންސިލަށް ގުޅައި ކުރަމުންދާ ޝަކުވާތަކާއި ގުޅިގެން މޭޔަރު މުއިއްޒު ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލުން އެ ސަރަހައްދުގައި ޕާކިން ޒޯނެއް ހެދުމަށް ސޯމިލް ހުސްކޮށް މަސައްކަތް ފެށުމަށް އުޅުނު ނަމަވެސް ސަރުކާރުން އެކަމަށް އެއްބާރުލުން މިހާތަނަށް ދީފައި ނުވާ ކަމަށެވެ.
މާލޭގެ މިސްކިތްތައް ބެލެހެއްޓުމަކީ މާލެ ސިޓީ ކައުންސިލުން ކުރާކަމެއް ކަމަށްވީ ނަމަވެސް މިހާތަނަށް ކިންގް ސަލްމާން މިސްކިތް ސަރުކާރުން މާލެ ސިޓީ ކައުންސިލާއި ހަވާލުވެސް ކޮށްފައި ނުވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ވަރަށް ތާހިރު... އަމިއްލަ އަންބޮނޑި ބޮޑު ކުރަން ހުރި ހުރިހާކަމެއް މަޖިލިހުން ނިންމާފަ.. ރަތްޔިތުމީހާޔާ ޖެހުނީމަ ކުރީސަރުކާރު.. ސައިކަލު ރަޖިސްޓަރީ ވެސް ކެންސަލްނުވެ އެތައް އަހަރެއް ގެ ޖޫރިމަނާ ފޭރިފަ ކުރީސަރުކާރު ގަވާއިދު ބަދަލުކުރީ.. މިމީހުން އައީ ކަންކަން ރަނގަޅު ކުރާކައައް ނޫންތަ
ސާބަހޭ މި ސަރުކާރު އައިތާ 3 އަހަރު. އަދިވެސް ކުރީ ސަރުކާރަކުން ނެއޓޭކަށް ނޭނގުނު. މިއީ ނާގާބިލު މީހުންގެ ބަހަނާ ހުންނާނެ ގޮތް.
އެސަރުކާރަށް ނުނިމިހުރި ކަންކަން ނިންމަން ޙަވާލުވެފަ މިއަދު ކޮންހާ ބަހަނާއެއް ތިދައްކަނީ. ހަތަރު އަހަރުވާއިރު އަދިވެސް އެސަރުކާރަކުން ނެއްޓޭކަށް ނޭގޭ. އެސަރުކާރުން ރާވާފަހުރި ކަމެއް ނޫނިއްޔާ ހަމަ ކުރަން ނޭގެނީތަ.