އެމްޕީއެލް ސަރަހައްދު ކެމިކަލްތަކެއް ލީކުވެގެން ބަންދުކުރިތާ ގިނަ އިރުތަކެއް ނުވަނީސް އެ ސަރަހައްދު އަލުން ހުޅުވާލައިފި އެވެ.
ފުލުހުން ބުނީ އެމްޕީއެލް ސަރަހައްދު ބަންދުކޮށްފައި ވަނީ އެސަރަހައްދުގައި ކެމިކަލް ލީކުވެގެން އުޅޭކަމުގެ މައުލޫމާތުތަކެއް ލިބިގެން ކަމަށެވެ.
އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ވެސް ވަނީ ހަރަކާތްތެރި ވެފަ އެވެ.
މިކަމާ ގުޅިގެން އެމްޕީއެލްއިން ބުނީ އެސަރަހައްދުގައި ލީކުވެފައިވަނީ ފާހާނާގައި ބޭނުން ކުރާ ކަހަލަ ކެމިކަލްތަކެއް ކަމަށެވެ. އެކަމާ ގުޅިގެން ފުލުހުންނާއި ސިފައިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިހާރު އެސަރަހައްދު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ވެސް އަދި އެއްވެސް އެއްޗަކަށް ވެސް ގެއްލުން ވެފައި ނުވާ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.
ކަންގަނާގެ ރާގު ބަދަލު ވެއްޖެ: "ޖެން-ޒީ އަކީ ގައުމުގެ ކުރިއެރުން"
އެސްއެމްއީ ޑިޖިޓަލްގެ ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރަނީ
ހުޅުމާލޭ އިމާރާތެއްގެ ހަވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިއްޖެ
