ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ރާއްޖޭގައި 156،000 މީހުން ޖަހައިފި އެވެ.

އެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 398،525 މީހަކު ޖަހާއިފައިވެ އެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި 383،768 މީހަކު ހިމެނެ އެވެ.

އެއާއެކު ރާއްޖެއިން ފުރަތަމަ ޑޯޒް އާބާދީގެ 88.01 ޕަސެންޓް މީހުން ވަނީ ފުރިހަމަ ކޮށްފަ ނެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ އާބާދީގެ 84.75 ޕަސެންޓް މީހުންނެވެ.

ކޮވިޑުން ސަލާމަތްވުމަށް ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަނީ ފައިޒާ ވެކްސިން އެވެ. މި ވެކްސިން ޖަހަނީ ދެވަނަ ޑޯޒް ފުރިހަމަ ކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.

ކޮވިޑުގެ ހާލަތުން އަރައިގަނެ ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ހާލަތު މިހާރު ވަނީ އުވާލާފަ އެވެ. އޭގެ އިތުރުން ކޮވިޑުން ރައްކާތެރިވުމަށް އަޅަން މަޖުބޫރުކުރި މާސްކު އެޅުން މިހާރު މަޖުބޫރު ނޫން ކަމަށް އެޕްޕީއޭއިން ބުނެފައިވެ އެވެ.