ތިލަފުށީގައި ކުނި މެނޭޖް ކުރަމުގެ މަސައްކަތް ކުރިއަށްދާގޮތް އެންވަޔަރުމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ބައްލަވާލައްވައިފި އެވެ.
މިނިސްޓަރު ޝައުނާގެ މި ޒިޔާރަތުގައި ވަނީ ތިލަފުށީގައި ކުނިމެނޭޖް ކުރުމަށް ދިމާވަމުން އަންނަ ދަތިތަކާއި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު އޮޅުންފިލުވާފަ އެވެ.
މިނިސްޓަރު ޝައުނާގެ އަރިހުގައި މިދަތުރުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ އިސް އޮފިޝަލުންގެ އިތުރުން ވެމްކޯގެ އިސްވެރިންނާއި މިނިސްޓްރީގެ ވޭސްޓް ޑިޕާޓްމެންޓްގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.
މީގެ ކުރިން ވެސް މިނިސްޓަރު ޝައުނާ ވަނީ ތިލަފުށީގައި ކުނިމެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.
މާލެ ސަރަހައްދުގެ ކުނި، ޒަމާނީ ޓެކްނޮލިޖީގެ އެހީއާއެކު މިހާރަށްވުރެ ރަނގަޅަށް ކުރުމަށް ސަރުކާރުން ހިންގާ "ގްރޭޓަ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް"ގެ މަސައްކަތް ބެއްލެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މިއީ ކުނި މެނޭޖުކުރުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ އެއް މަޝްރޫއަކަށްވާއިރު، މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ލޯންޗުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު 15 ގަ އެވެ.
ތަމެންގެ ކައްޕަޅި ސަރުކާރަށް އަދި އެއް ފިރިހެން ވަންތަ އެއްވެސް ކަމެއް މިރާއްޖޭގެ އިގްތިސާދު ދިރުވުމަށް ޓަކައި ނުކުރެވެއޭ ޖީޑީޕީ ގްރޯވާނީ އެއީ ވިޔަފާރި ތައް ކުރިއަރައިގެންނޭ ރާއްޖޭގެ އިގްތިސާދުގެ ހަގީގަތަކީ އެއީ ކުރާ ވިޔަފާރިން ނަފާ އެއް ހަމައެކަނި ލިބެނީ އެއީ މާލެ ސަރަހައްދުގައި ވިޔަފާރި ކޮށްގެން ކަމަށްވާއިރު މާލެ ސަރަހައްދުގައި ވިޔަފާރި ތައް ހުއްޓިފައި އޮތީ އެއީ މާލެ ސަރަހައްދުން ބިން ނުލިބިގެންނޭ ބާ އަތޮޅު ފެހެންދޫ އަށް ނުދާނެއޭ ވިޔަފާރިވެރިން ތަމެން ދެން މަހަށްދޭބަލަ މަހަށް މަހަށް
ތިލަފުށި ބޮޑު ކުރަން ބިން ހިއްކާ ނަމަ ހިއްކަން ވީ އެއީ 2000 ހެކްޓަރުގެ ބިން ނެގޭ ގޮތަށޭ އެވަރަށް ފަޅު އެބައޮތޭ ތިލަފުށީ ގައި އުތުރު ތިލަފަޅުގައި ތިބި އިންޑިއާގެ ކައްޕަޅި ސިފައިން ފައްސާލާ އުތުރު ތިލަފަޅު ވެސް ތިލަފުށި އާއި އެނެކްސް ކުރުމަށް ފަހު ތިލަފުށިން މަދުވެގެން 2000 ހެކްޓަރު ހިއްކަން ދޭންވީ އެމްޓީސީސީ އަށޭ އިންޑިއާގެ ކަޓް ދޭ ކުންފުނި އެމްއެމްއެކްސްޕޯރޓަށް ނޫނޭ ތިލަފުށި ބިން ހިއްކަން ދޭންވީއޭ
ތީ މުޅިން އައްޑޫ ތިމާވެށި މިނިސްޓަރު ޑިޖިޓަލޭ މެން ޖައްސާ ފޭކް ގޭމްސް ތަކޭ ކުރީ ސަރުކާރުން ކުރަން ނިންމާ ބަޖެޓް ވެސް ހޯދާ ފައި ހުރި ކަންކަމުގައި މެޑަލް ޖަހަނީއޭ އޭނާ އޭނާގެ ލަދު ހަޔާތް ކުޑަ ކަމުންނޭ. ހިޔާ ފްލެޓްސް ސަރަހައްދު ކުނި ތަކުން ފުރާލާއިރު އޭނާ ވައި އަނގައޭ ތަޅަނީ އެއްވެސް ކަމެއް ހައްލެއް ނުވޭ.