ނެސްލޭގެ ކޮފީ ބްރޭންޑް ކަމަށްވާ ނެސްޕްރެސޯގެ ކާރުޚާނާއަށް ފޮނުވި ކޮފީ ބީންސް ކޮންޓެއިނަރަކުން 500 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެ އެވެ.
ހުޅަނގު ސްވިޓްޒަލޭންޑުގައި ހުންނަ މި ކާރުޚާނާއަށް ފޮނުވި ޝިޕްމަންޓްގައި ހުރީ ކޮކެއިން ކަމަށާއި އޭގެ އަގުގައި ގާތްގަނޑަކަށް 50.65 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިދިޔަ ހޯމަ ދުވަހު އެގައުމުގެ ފުލުހުން ކާރުހާނާއަށް ދިޔައީ ކޮފީ ޝިޕްމަންޓްގައި ކޮން އެއްޗެއްކަން ނޭނގޭ ހުދު ކުލައިގެ އެއްޗެއް ހުރުމުން އެތަނުގެ މުވައްޒަފުން އަންގައިގެންނެވެ.
އޭގެ ފަހުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޝިޕްމަންޓް އައިސްފައިވަނީ ބްރެޒިލްއިން ކަމަށާއި ތަހުލީލްތަކުން އެއީ ކޮކެއިން ކަން އެނގިފައިވާ ކަމަށެވެ.
މިކަމާ ގްޅިގެން ނެސްޕްރެސޯއިން ބުނީ ކޮންޓެއިނަރުގައި ހުރި ކޮފީ ބީންސް ބަސްތާތަކަށް ކޮކެއިންގެ އަސަރު ކޮށްފައިނުވާ ކަމަށެވެ.
ތަހުގީގު ކުރިއަށް ދާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ބުނަމުން ނެސްޕްރެސޯއިން ވަނީ އެކުންފުނީގެ އުފެއްދުންތަކަކީ ރައްކާތެރި އުފެއްދުންތަކެއްކަން ޔަގީންކޮށްދީފަ އެވެ. -- ރޮއިޓާސް
ހޯކްސްއިން ޕެޓްރޯލް ލީޓަރެއްގެ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފި
ބީއެމްއެލް އިން އަޅާ 182 ފްލެޓްގެ މަސައްކަތް ކުރިއަށް
ބޮމުގެ އިންޒާރުތަކާއެކު ޔޫރަޕްގެ 25 ފްލައިޓަކަށް ހުރަސްއެޅިއްޖެ
ރާއްޖޭގެ ތިފަދަ ކުންފުނިތަކުންވެސް އެ ކުރަނީ ތިޔަވިޔަފާރި، އެހެންޏާފަހެ، ސޭލްސް އާއި ނުބައްދަލު މުއްސަނދިކަން ކުންފުނި ތަކަށް ލިބިގެން އެ އުޅެނީ ކިހިނެތް......،