އެސްޓީއޯއިން މި އަހަރުގެ ކުޑަކުދިން ދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

އެގޮތުން އެސްޓީއޯގެ ހެޑް އޮފީސް ވަނީ ކުޑަކުދިން ދުވަހާ ގުޅިގެން ޒީނަތްތެރި ކޮށްފަ އެވެ. އަދި އެސްޓީއޯގެ މުވައްޒަފުން މިއަދު މަސައްކަތަށް ގޮސްފައިވަނީ ދަރިން ވެސް ގޮވައިގެންނެވެ. މީގެ އިތުރުން ހެޑް އޮފީހުގެ އެކު ފްލޯތަކުގައި ވަނީ ކުޑަކުދިންނަށް ކުޅެވޭނެ ގޭމްތައް ތައްޔާރުކޮށްފަ އެވެ.

Adv by TMA
TMA
Adv by TMA
TMA

އެސްޓީއޯ އިން ބުނީ ކުޑަކުދިން ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ އެކުދިންނަށް މަންމަ ނުވަތަ ބައްޕަގެ މަސައްކަތުގެ މާހައުލު ދައްކާލައި އުފާވެރިކަމާ އެކު ކުޑަކުދިންގެ ދުވަސް ހޭދަކުރަން ފަހިކޮށްދިނުމަށް ކަމަށެވެ.

އެސްޓީއޯގެ ހެޑް އޮފީހުގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވެސް ވަނީ ވަރަށް ކުލަ ގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަ ކޮށްފަ އެވެ.

އެގޮތުން "އައިވީ ކިޑްސް އިވްނިން"ގެ ނަމުގައި ހިންގާ އެ ހަރަކާތްތައް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު ހަތަރަކުން ހަޔަކަށެވެ.

މި ހަރަކާތުގައި ރޮބޯމޭންގެ ހަރަކާތްތަކާއި ފޭސް ޕެއިންޓިން އާއި އާޓް އެންޑް ކްރާފްޓް ފަދަ ކުޅިވަރުތަކުގެ އިތުރުން ވެސް ގިނަ ކަންކަން ކުޑަކުދިންނަށް ކުރުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފަ އެވެ.

ކުޑަކުދިންގެ ހަވީރަށް ޒިޔާރަތްކޮށް ކުޅިވަރުތަކުގައި ބައިވެރިވާ ކުދިންނަށް ތަފާތު އިނާމުތައް ވަނީ ދީފަ އެވެ.

މިއީ އެސްޓީއޯ އާއި އަސްރަފީ ބުކްޝޮޕާއި ޕީކަބޫ އާއި ސިޓީ ބޭކަރީ ގުޅިގެން ބޭއްވި ހަވީރެކެވެ.

ކޮންމެ އަހަރެއްގެ މެއި10 ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަ ކުރާ ކުޑަކުދިންގެ ދުވަހެވެ.