އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފި އެވެ.

މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ 55 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ހައްޔަރުކުރީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ.

މި މައްސަލަ އާއި ގުޅިގެން އޭނާ އެންމެ ފުރަތަމަ ހައްޔަރު ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭރު އޭނާގެ ބަންދަށް އޭރު ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ދީފަ އެވެ. މުއްދަތު ހަމަވުމުން ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފަ އެވެ.

އޭނާ ދޫކޮށްލުމުން ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުން ފުލުހުން ވަނީ އިއްޔެ އޭނާ އަލުން ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ، މާލޭގައި ކުޑަކުދިން ތަކަކަށް، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާ ކުރި މައްސަލަ އާއި ގުޅިގެން އިއްޔެ ހައްޔަރު ކުރި 55 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައި ވާކަމަށެވެ.