ޅ. އަތޮޅު ރިސޯޓެއްގައި އަންހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ޅ. އަތޮޅުގެ ރިސޯޓަކުން އަންހެނަކު މަރުވެފައިވާ މައްސަލަ މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.

އެގޮތުން އެ އަންހެން މީހާ މަރުވެފައި އޮއްވައި ފެނިފައިވަނީ އެ ރިސޯޓުގެ މޫދު ކައިރިން ވެއްޓިފައި އޮއްވައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، އެ އަންހެން މީހާ ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އެ އަންހެން މިހާ ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހަވީރު 4:41 ގައި ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި ޅ. އަތޮޅު ރިސޯޓެއްގައި މަރުވެފައި އޮއްވައި ފެނިފައިވަނީ ޗައިނާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ފަތުރުވެރިއެކެވެ.

އޭނާ މަރުވީ ކިހިނެއް ކަމެއް މިހާތަނަށް އެނގިފައިނުވިޔަސް، ބައެއް މީޑިއާ ތަކުން ބުނަމުން ދަނީ އޭނާ މަރުވީ ގެނބިގެން ކަމަށެވެ. މި މައްސަލަ ފުލުހުން އިތުރަށް ބަލައި ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ބުންޏެވެ.