ރަނގަޅު މުސާރަޔަކާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

އެމްޕީއެލްއިން ހުޅުވާލާފައިވާ އަށް މަގާމަށް 49 މީހުން ހޯދުމަށެވެ. އަދި އެމަގާމުތަކަށް ބޮޑު މުސާރައެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެމްޕީއެލްއިން ހުޅުވާލާފައިވާ މަގާމުތަކާއި އަދަދުތައް:

  • ސެކިއުރިޓީ އެސިސްޓެންޓް މަގާމަށް 16 ފުރުސަތު ވަނީ ހުޅުވާލާފައި
  • އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރު މަގާމަށް 15 ފުރުސަތު ވަނީ ހުޅުވާލާފައި
  • ފަޅުވެރިންގެ މަގާމަށް ދެ ފުރުސަތެއް ވަނީ ހުޅުވާލާފައި
  • ޑްރައިވަރު (ދޯނި)ގެ އެއް ފުރުސަތެއް ވަނީ ހުޅުވާލާފައި
  • އެސިސްޓެންޓް އިލެކްޓްރިޝަންގެ މަގާމަށް ދެ ފުރުސަތެއް ވަނީ ހުޅުވާލާފައި
  • މެކޭނިކްގެ މަގާމަށް ދެ ފުރުސަތެއް ވަނީ ހުޅުވާލާފައި
  • އެސިސްޓެންޓް ސާވިސް އިންޖިނިއާގެ މަގާމަށް އެއް ފުރުސަތު ވަނީ ހުޅުވާލާފައި
  • އެސިސްޓެންޓް އޮޕަރޭޓަރުގެ މަގާމަށް 10 ފުރުސަތު ވަނީ ހުޅުވާލާފައި

އެ ކުންފުނިން ބުނިގޮތުގައި އެ މަގާމުތަކަށް ހޮވޭ ފަރާތްތަކަށް 8،000 ރުފިޔާ އާއި 15،000 ރުފިޔާގެ މުސާރައެއް ލިބޭނެ އެވެ.

މި މަގާމުތަކަށް ކުރިމަތިލުމަށް ސައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 18ގެ ނިޔަލަށް އެމްޕީއެލްއިން ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ. ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އައި.ޑީ ކާޑު ކޮޕީ، ތައުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ އަދި ސީވީ އެޓޭޗްކުރުމަށްފަހު އެމްޕީއެލްގެ [email protected] މެއިލްކުރުމަށް އެކުންފުނިން އެދެ އެވެ.

ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ތަމްރީނުގެ އެކި އެކި ފުރުޞަތުތައް ފަހިކޮށްދެވިގެންދާނެ ކަމަށް އެމްޕީއެލުން ބުނެ އެވެ.