މިފިލުމުގައި ފެނިގެންދާނީ 80 އަހަރުގެ އެންމެ ވަރުދަގަ އެކްޝަން ފިލްމުތަކުގައި ލީޑު ރޯލު ކުޅެފައިވާ ތަރިން ކަމުގައިވާ މިތުން ޗަކްރަބޮތީ އާއި ސަނީ ޑިއޯލް އާއި ސަންޖޭ ދަތުގެ އިތުރުން ޖެކީ ޝްރޮފް.

ބޮލީވުޑްގެ އެންމެ މޮޅު އެކްޝަން ތަރިން ލީޑް ރޯލުން ފެނިގެންދާ އެކްޝަން ފިލުމެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

ފިލްމު ޕްރޮޑިއުސަރު އަހުމަދު ޚާން އާއި ޒީ ސްޓޫޑިއޯ ގުޅިގެން އުފައްދާ މިފްލުމުގައި ފެނިގެންދާނީ 80 އަހަރުގެ އެންމެ ވަރުދަގަ އެކްޝަން ފިލްމުތަކުގައި ލީޑު ރޯލު ކުޅެފައިވާ ތަރިންނެވެ.

"ބާޕް"ގެ ނަމުގައި އުފައްދާ މިފްލުމުގައި މިތުން ޗަކްރަބޮތީ އާއި ސަނީ ޑިއޯލް އާއި ސަންޖޭ ދަތުގެ އިތުރުން ޖެކީ ޝްރޮފް ފެނިގެންދާނެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ވިވެކް ޗޯހަން ޑައިރެކްޓްކުރާ "ބާޕް" ވާނީ ބޮލީވުޑްގައި މިހާތަނަށް އެންމެ ވަރުގަދަ އެކްޝަން ފިލްމަކަށެވެ. މީގެ ޝޫޓިން އަންނަ އަންގާރަ ދުވަހު މުމްބާއީގައި ފަށަން މިހާރު އަންނަނީ ތައްޔާރީތައް ވަމުންނެވެ. އަދި މިފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ނިންމާފައިވަނީ މުމްބާއީގަ އެވެ.

މިފިލްމު އުފެއްދުމަށް ވާންޖެހޭ ގިނަ ތައްޔާރީތަކެއްވެފައިވާއިރު މިފިލްމު ބެލުންތެރިންނާ ހިސާބަށް އަންނާނީ އަންނަ އަހަރު އެވެ.

މީގެ އިތުރުން ސަނީ ޑިއޯލް ދެން ފެނިގެންދާނީ ގަދަރު 2 އާއި ޗުޕް އިންނެވެ. ސަންޖޭ ދަތު އިންތިޒާރު ކުރަނީ ރަންބީރު ކަޕޫރާއި އެކު ޝަމްޝެރާ ރިލީޒް ކުރުމަށެވެ. މިތޫން ޗަކްރަބޮތީ އެންމެ ފަހުން ފެނިގެން ދިޔައީ ވިވެކް އަގްނިހޯތުރީގެ "ދަ ކަޝްމީރު ފައިލްސް" އިންނެވެ. ޖެކީ ޝްރޮފްގެ ޝައުގުވެރި ބައެއް މަޝްރޫއުތައް ވެސް ކުރިއަށް އެބަދެ އެވެ.