ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެއިދާރާއިން މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނީ، އެއިދާރާއިން ހޯދަމުން ގެންދާ މީހާ ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ނުވުމާއި ގުޅިގެން ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުން ގެންދަނީ ބ. ގޮއިދޫ، އުނިމާގެއަށް ނިސްބަތްވާ ޙަސަން ފަޔާޒް 35 އެވެ.

ފުލުހުން ބުނިގޮތުގައި ފަޔާޒް ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ވައްކަންކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި އޭނާ ހޯދަނީ ބަންދުގައި ބަހައްޓައިގެން 2022 ޖޫން 15 ވަނަ ދުވަހުގެ 9:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރަށް ގުޅައިގެން އެ މައުލޫމާތު ފުލުހުންނަށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.