ނ. ލަންދޫގައި ރުކަކުން ޖެހި މީހަކު މަރުވެއްޖެ އެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގީ ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަނިކޮށެވެ.

މަރުވީ 53 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ނ. ލަންދޫގައި މަސައްކަތް ކުރަމުން ދިޔަ މީހަކު ދެ ރުއް ދޭތެރޭގައި ފިތިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގައިދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 4:15 ހާއިރު ކަމަށެވެ.

އޭނާއަށް ފަރުވާ ކުރުމަށް އެރަށުގެ ހެލްތް ސެންޓަރަށް ގެންދިޔަ ވަގުތުވެސް އޮތީ ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން ބުނެފައިވާ ކަމަށް ފުލުުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ހުރިހާކަމެއް ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.