ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ނާޒިމް ސައްތާރާއި ބިދޭސީ ޒުވާން ފިރިހެނަކު ކޮޓަރިއެއްގެ ތެރޭގައި އެއްޖިންސުން ގުޅުން ހިނގާތަން ވަރަށް ސާފުކޮށް ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާކަން ފާހަގަކޮށް، އެ ވީޑިއޯގެ ހަގީގަތް ދެނެގަތުމަށްޓަކައި އެކަމުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ގޮވާލާފަ އެވެ. އަދި އެ ވީޑިއޯއިން ފެންނަ ފަރާތް ހޯދައި، އެމީހަކު ހައްޔަރުކުރުމަށާއި، ދައުވާ އުފުލުމަށްވެސް އިދިކޮޅުން ގޮވާލާފައިވެ އެވެ.
އިދިކޮޅުން އާންމުކުރި ބަޔާނުގައި ނާޒިމް ރާއްޖެއިން ބޭރަށް ނުފުރުވާލުމަށް ގޮވާލާފައިވާއިރު، މީގެ ކުރިންވެސް މިފަދަ ފާހިޝް އަމަލުތަކުގެ ތުހުމަތު ކުރެވިފައިވާ މީހުން ރާއްޖެއިން ބޭރަށް ފުރުވާލުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ވަކި އާއިލާއަކަށް ވީތީ އޭނާއަށް ވަކި ގޮތެއް ނުނިންމުމަށާއި، ނާގޫގީ ފިޔަވަޅު އެޅުމުގައި ހަމަހަމަކަން ގާއިމުކުރުމަށް އިދިކޮޅުން ގޮވާލާފައިވެ އެވެ.
"އޭނާ ފުރުވާލަން ނޫޅުމަށް ވެސް މިސަރުކާރަށް ގޮވާލަމެވެ. ސިޔާސީ ގޮތުން ބާރުގަދަ ޢާއިލާއަކަށް ނިސްބަތް ވުމަކީ ފާޚިޝް މުޑުދާރު ޢަމަލުތައް ހިންގާ، ޤާނޫނާ ޚިލާފު ވުމަށް ދެވޭ ހުއްދައަކަށް ވެގެން ނުވާނެއެވެ. ވަކި ޢާއިލާއަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތް ވީ ނަމަވެސް ޤާނޫނަކީ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ހިނގަން ޖެހޭނެ އެއްޗެކެވެ." އިދިކޮޅުން ނެރުނު ބަޔާނުގައިވެ އެވެ.
އެހެންނަމަވެސް ނާޒިމަށް ކުރާ ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފަ އެވެ. އޭނާ އެކަން ދޮގުކުރި ނަމަވެސް ޓުވިޓާގައި ދައުރުވަމުންދާ ވީޑިއޯތަކުގައި އެއީ ނާޒިމްކަން ޝައްކެތް މިންވަރަށް ހާމަވެ އެވެ.
ނާޒިމް ސައްތާރަކީ ގާނޫނީ ވަކީލެއްގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއް ވެސް މެ އެވެ.
ސޯޝަލް މީޑިއާގައި މިހާރު ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދަނީ މިކަމާ ގުޅިގެން މުއައްސަސާތަކުން އެއްވެސް އެއްޗެއް ނުބުނާތީ އެވެ. އަދި އިލްމުވެރިން ހައްޔަރުކޮށް ޖަލަށް ލަމުންދާއިރު މިފަދަ ފާހިޝް އަމަލުތައް ހިންގާ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ވެސް ސޯޝަލް މީޑިއާގައި އަޑު އުފުލަމުންދާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިރޭ ސިންގަޕޫރަށް ފުރާނެ ކމަށްވަނީ ނާޒިމް. ނާޒިމް އަށް މިހެންމިވީ "ފކޔ" (ފިލިތައް ކަނޑާފައި) ޖަހާފަ މީހަކަށް ޓެކްސްޓް މެސެޖެއް ކުރި ހިސާބުން.