މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް ފުލުހުންގެ ފުރިހަމަ ހިމާޔަތުގައި އޭނާ ޕޮލިހަށް ހާޒިރު ކޮށްފި އެވެ.
ނާޒިމް ޕޮލިހަށް ހާޒިރު ކުރިވަގުތު އެތަނުގައި ބައެއް ނޫސްވެރިންވެސް ތިއްބެވެ.
ނާޒިމް ފުލުހަށް ހާޒިރު ކުރި ސަބަބާއި ގުޅޭގޮތުން ފުލުހުންނާއި ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. ނާޒިމް، ފުލުހުންގެ އިދާރާއިން ނިކުންނެވުމުން ނޫސްވެރީން ވަނީ އޭނާއާ ސުވާލު ކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އޭނާ ވަނީ ވަރަށް އަވަސް އަވަހަށް ކާރަށް އަރައިގެން ވަޑައިގެންފަ އެވެ. އޭނާއަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ގެންގޮސްފައިވަނީވެސް ފުލުހުންގެ ސެކިއުރިޓީގައި ފުލުހުންގެ ވެހިކަލެއްގަ އެވެ.
ވީޑިއޯގެ މައްސަލާގައި ފުލުހުން މިއަދު ބުނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައި ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަވެސް މިއަދު ވަނީ ތަހުގީގު ކުރަން ފަށާފައި ކަމަށެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ބުންޏެވެ.
ނާޒިމް ފުރިހަމަ ހިމާޔަތުގައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނަމުންދަނީ އެއްޖިންސުން ގުޅުން ހިންގާ ލާދީނިއްޔަތު ފަތުރާ މީހުންނަށް މިވަރުގެ ހިމާޔަތެއް ދޭއިރު ދީނުގެ ހިމާޔަތުގައި މުންކަރާތްތަކާއި ދެކޮޅަށް ބަހެއް ބުނާ އިލްމުވެރިން ހައްޔަރު ކުރަމުންދަނީ މަގުމަތިން ބިރުދައްކާ ނުހަނު ލަދުވެތި ގޮތަކަށް ކަމަށެވެ.
ބައެއް ފަރާތްތަކުން ބުންމުންދަނީ އޭނާއަކަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށާއި އެހެން "ރޯޔަލް" މީހުން ގޮތަށް އޭނާވެސް ފުރުވާލާނެ ކަމަށެވެ.
ވީޑިއޯގައި ފެންނަކަމަށްބުނާ މީހަކީ ނާޒިމް ޢަބްދުއްސައްތާރު ކަމަށްވަންޏާ އޭނާއަކީ ސިކުޑީގެ ދެބައިކުޅަ އެއްބައިނެތް އަދި އޮތްއެތިކޮޅުވެސް އެއްވެސްވަރަކަށް މަަސައްކަތް ނުކުރާ ސިކުޑީގައި ބޮެޑެތި މައްސަލަތަކެއްހުރި މީހަކަށްވެ ދައުލަތުގެ ޚާއްޞައެހީ ފޯރުކޮށްދޭންޖެހޭ މީހެއްގެގޮތުގައި ލޭބަލްވެވި މައްސަލަ ނިމޭނެއެވެ.