ވަގަށް ނަގައި، މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާން އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ނޫސްވެރިޔާ ރިލުވާން މަރާލާފައިވާ މައްސަލައާ ގުޅޭ ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި އެކުށް ހިންގުމަށް މަގުފަހި ކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ މއ. ފާގަފިލާގޭ، އަހުމަދު އިސްމާއިލް 39 އާއި، މާލޭ ދަފްތަރު ނަންބަރު RS8499 އަހުމަދު މުއާޒު 40، (ގަޓު މުއާ) އަދި މ. ލެގޫންވިއު އިސްމާއިލް އަބްދުއްރަހީމް 30 (އިސޫ) ، ކަމަށެވެ.
ރިޟުވާން ވަގަށް ނަގައި މަރާލާފައިވާ މައްސަލަ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި މިތިން މީހުންގެ ދައުރު މިކަމުގައި އޮތް ކަމަށް ބުނެފައިވެ އެވެ. އެގޮތުން މިއަދު ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން އިސްމާއިލް އަބްދުއްރަހީމްއަކީ ރިލްވާން ގެއްލުމުގެ ކުރިން އޭނާއަށް ފާރަލައި ހެދި މީހެއް ކަމަށް ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުން އެނގެ އެވެ.
އެ ކޮމިޝަންގެ ރިޕޯޓުގައި އޭނާއަކީ ސީރިއާއަށް ޖިހާދަށް ދިއުމަށްޓަކައި ތުރުކީގެ ބޯޑަރު ހުރަސް ކުރަން އުޅެނިކޮށް ޑީޕޯޓް ކޮށްލާފައިވާ މީހެއްކަން ވެސް ބުނެފައިވެ އެވެ.
 ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
			ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
		 "ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
			"ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
		 ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
			ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
		 
					 
					 
					 
					 
					 
					 
					 
					 
					 
					