އިސްތަށިގަނޑަކީ އިންސާނާގެ ރީތިކަން އެންމެ ފުރިހަމައަށް ދައްކުވައިދޭ އެކައްޗެވެ. ރީތި ވަރުގަދަ އިސްތަށި ގަނޑެއް ލިބުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ.

އިސްތަށިގަނޑު ރީތިކޮށް ވަރުގަދަކޮށް ބެހެއްޓުމަށް ބައެއް މީހުން އަގު ބޮޑެތި ތެލާ، ޝޭންޕޫ ކަހަލަ އެއްޗެހި ބޭނުން ކުރެ އެވެ. ނަމަވެސް އޭގެ ބަދަލުގައި ގޭގައި ކުރެވޭ ވަރަށް ފަސޭހަ ކަމަކުން ވެސް އިސްތަށިގަނޑުގެ ވަރުގަދަކަން އިތުރު ކުރެވިދާނެ އެވެ.

ފިޔާ

ރަނގަޅަށް ފިޔާ ސާފުކޮށް ދޮވުމަށްފަހު ފިޔާ ކުދިކޮށްކޮށާ ފިޔާކޮޅު ޗިސްކޮށްލުމަށްފަހު އޭގެ ދިޔަ ނަގާށެވެ. އެދިޔައިން އިސްތަށިގަނޑު ރަނގަޅަށް މަސާޖު ކުރާށެވެ. އެއަށްފަހު 30-45 މިނެޓު ފަހުން ރަނގަޅަށް އިސްތަށިގަނޑު ދޮވެލާށެވެ.

ކާށި ތެޔޮ

ފުރަތަމަ ދެ މޭޒުމަތީ ސަމްސާގެ ކާށިކެޔޮ ހޫނު ކުރާށެވެ. އެއަށްފަހު އިސްތަށިގަނޑު ކުޑަކޮށް ތެތްކޮށްލުމަށްފަހު ހޫނު ކޮށްފައިވާ ކާށިތެޔޮލުން އިސްތަށިގަނޑު މަސާޖު ކޮށްލާށެވެ. އެއަށްފަހު އިސްތަށިގަނޑު އެއްޗަކުން ބަންދުކޮށްލާ 30 މިނެޓު ފަހުން ރަނގަޅަށް ދޮވެލާށެވެ.

ބިސް

ދޭއް ނުވަތަ ތިން ބިސް ރަނގަޅަށް އެއްކޮށްލާށެވެ. އަދި އިސްތަށިގަނޑު ރަނގަޅަށް ތެއްކޮށްލުމަށްފަހު އުނގުޅާށެވެ. އެއަށްފަހު 30 މިނެޓުފަހުން ތާފަނާ ފެނުން ރަނގަޅަށް ދޮވެލާށެވެ.