ބުންވަރު ރަނގަޅުކޮށް އިތުރުކުރުމަކީ ކަސްރަތުކުރަން ޖިމްއަށް ދިއުމުގެ ކުރިން މުހިއްމު ކަމެކެވެ. އެގޮތުން ބުންވަރު ރަނގަޅުކުރުމަށްޓަކައި ތިބާ އާންމުކޮށް ކާ އެއްޗެތި ބަދަލުކޮށްލެވިދާނެ އެވެ.

ބުންވަރު ރަނގަޅުކޮށްދޭ ކަމަށް ފާހަގަ ކުރެވިފައިވާ އެތައް އެތައް ކާނާއެއް ހުރެ އެވެ.

އެފަދަ އެއް ކާނާއަކީ ބަދަނުގެ ބާވަތެއް ކަމުގައިވާ އާމަންޑްސްއެވެ. އަމަންޑްސްއަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އީ އަދި އޮމެގާ 3 ހިމެނޭ އެއްޗެކެވެ. ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށްދީ، ސިކުނޑި ތާޒާކޮށްދިނުމުގެ އިތުރުން ހިތުގެ ސިއްހަތު ވެސް އާމްންޑްސް ކެއުމުގެ ސަބަބުން ރަނގަޅުކޮށްދެ އެވެ.

އާފަލަކީ ވެސް ބުންވަރު އިތުރުކޮށްދޭ އަދި ވަރަށް އާންމުކޮށް ކެއުމުގައި ބޭނުންކުރެވޭ އެއްޗެކެވެ. އެންޓި އޮކްސިޑެންޓްސް ގިނަ އަދަދަކަށް ހިމެނޭ އާފަލަކީ ހަށިގަނޑަށް ހަކަތަ ލިއްބައިދީ ގިނަ އިރުތަކެއްވަންދެން މީހާ ގައިގައި ވަރުޖައްސައިދޭ މޭވާއެކެވެ. ހިތުގެ ސިއްހަތު ރަނގަޅުކޮށްދިނުމުގެ އިތުރުން، މީހާގެ ދިފާއީ ނިޒާމްވެސް ރަނގަޅު ކޮށްދިނުމުގައި އާފަލަކީ ވަރަށް މުހިއްމު މޭވާއެކެވެ.

ބީޓްރޫޓް ޖޫހަކީ ހަށިގަނޑުގެ ބުންވަރު ރަނގަޅު ކޮށްދިނުމުގެ އިތުރުން މީހާގެ ވަރުބަލިކަން ފިލުވައި ދިނުމުގައިވެސް ވަރަށް މުހިއްމު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. އޭގެ އިތުރުންވެސް ވިޓަމިން އޭ އަދި ވިޓަމިން ސީ ބީޓްރޫޓް ޖޫހުގެ ސަބަބުން ހަށިގަނޑަށް ލިއްބައިދެ އެވެ.

އެހެން ކަމުން ޖިމްއަށް ދިއުމުގެ ކުރިން މިއިން ކެއުމެއް ނުވަތަ ބުއިމެއް ބޭނުންކޮށްގެން ދިއުމަކީ ކަސްރަތު ކުރަން ލިބޭނެ އިތުރު ފަސޭހަ އެކެވެ.