އިންޑިއާގެ މަޝްހޫރު "އައިޓަމް ގާލް" އަދި އެކްޓްރެސް ރާކީ ސާވަންތު އޭނާގެ ލޯބިވެރިޔާ ދުބާއީ 10 އެޕާޓްމަންޓް ގަންނަން އުޅޭކަން ހާމަކޮށްފި އެވެ.

ރާކީ މީޑިއާއަށް ދިން އިއްޓަވިއުއްގައި ބުނެފައިވަނީ އޭނާގެ ލޯބިވެރިޔާ އާދިލް ޚާން ދުބާއީ 10 އެޕާޓްމަންޓް ގަންނަން މިހާރު ރާވާމުން އަންނަ ކަމަށެވެ. އަދި މުމްބާއީގައި ހުރި އޭނާގެ މުދަލަށް ވުރެން ދުބާއި ގަންނަ އުޅޭ އެޕާޓްމަންޓްތަކުގެ އަގު ބޮޑުވާނެ ކަމަށް ވެސް ރާކީ ބުންޏެވެ.

"ބިގްބޮސް" އިން ވެސް ވިދާލި ރާކީ މިދިޔަ މޭ މަހު ވަނީ އޭނާގެ އައު ލޯބިވެރިޔާ އަދީލް އޭނާގެ ފޭނުންނަށް ތައާރަފްކޮށްފަ އެވެ. އިންސްޓަގްރާމްގައި ވީޑިއޯއެއް ޕޯސްޓްކޮށް، ބިގް ބޮސްގެ ކުރިއަށް އޮތް ސީޒަނަށް ވަނުމުގެ ޕްލޭންތައް އޭނާގެ ލޯބިވެރިޔާއާ ހިއްސާކޮށްފައިވެ އެވެ.

"އަހަރެންގެ ނަމުގައި އަދީލް ވަނީ ދުބާއީން ގެއެއް ގަނެފައި. މީގެ ދުވަސްކޮޅެއް ކުރިން އޭނާ އަހަންނަށް ބީއެމްޑަބްލިއު އެއް ހަދިޔާކުރި. އެކަމަކު ތެދުތެދަށް ބުނާނަމަ އަހަރެންގެ ޚަޒާނާއަކީ އޭނާގެ ލޯތްބެވެ. އޭނާގެ ލޯތްބަކީ ތެދެކެވެ. އޭނާ އަކީ ވަފާތެރިއެކެވެ. އޭނާ އަހަރެންނާ ދޭތެރޭ ވަރަށް ސީރިއަސް، އެހެންނޫނީ ކޮން ފިރިހެނަކު އޭނާގެ ލޯބި އެހާ އަވަހަށް އާއިލާއަށް ތަޢާރަފް ކުރަނީ؟" ރާކީ ބުންޏެވެ.

ރާކީ އެންމެ ފަހުން އިނދެގެން އުޅުނީ ރިތޭޝް ކިޔައި މީހަކާ އެވެ. އެ ކައިވެނިކޮށްގެން އުޅޭތާ އެތައް ދުވަހެއްވި ފަހުން ރިތޭޝް ދައްކާލީ ބިގޮބޮސް 15 ގަ އެވެ. އަދި ފަހުން އެއީ ރިތޭޝް ނޫން ކަމަށާއި އެއީ އެ ޝޯގެ ޕްރޮޑިއުސަރުން ވިއުސް ގިނަކުރަންވެގެން ގަސްތުގައި ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކުރަމުން ދަނިކޮށް، މާގިނަ ދުވަސްތަކެއް ނުވެ، އެ ދެމީހުން ވަކިވި ޚަބަރު ވެސް އިއުލާންކުރި އެވެ.