އެއްޖިންސުން ގުޅުން ހިންގި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓަން ބާ ކައުންސިލަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށައަޅާފައިވަނީ ގާނޫނީ ވަކީލެކެވެ. އޭނާ ހުށައެޅި ސިޓީގައިވާގޮތުން ނާޒިމް ޝަރުއީ ކޯޓުތަކަށް ހާޒިރުވެ ގާނޫނީ މަސައްކަތް ކުރާނަމަ، ރާއްޖޭގެ ވަކީލުންނާއި ބާ ކައުންސިލާއި މެދު އާންމުން ކުރާ އިތުބާރު ގެއްލި، ފޫ ނުބެދޭ ވަރުގެ ގެއްލުމެއް ލިބިދާނެތީ، އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަން ޖެހެ އެވެ.
އޭނާ އެދިވަޑައިގަތީ ނާޒިމްގެ މައުސޫމްކަން ޝަރުއީ ކޯޓަކުން ސާބިތު ކުރެވެންދެން އޭނާގެ ހުއްދަ ހިފަހައްޓާފައި ބާ ކައުންސިލުން ބޭއްވުމަށެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމް ގިރި އާއި ނާޒިމް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކުވުމާގުޅިގެން ފުލުހުން ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފަ އެވެ.
މަގު ފުޅާކުރަން މާރުކޭޓު ސަރަހައްދުގެ ދޯނިތައް ނަގަން އަންގައިފި
ސްކޭމް ކޮށްގެން ރިސޯޓަކުން 250،00 ޑޮލަރު ފޭރިގެންފި
ވަގަށް ނެގި 13.6 މިލިއަން ސިނގިރޭޓް އަދިވެސް ނުފެނޭ!