ބައިސްކޯފުގެ ސިޓްކޮމް ސީރީޒް "އޮފީސް ލޯބީ" ގެ ދެ ވަނަ ބަޔެއް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނައިރު ދެ ވަނަ ބައިގައި ހަރަކާތެރިވާނެ ތަރިން ހޯދުމަށް މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.

"އޮފީސް ލޯބި" އިންސްޓަގްރާމް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޮފީސް ލޯބީގައި އެކްޓްކުރަން ސައުގުވެރިވާ ފަރާތްތަކުން ފުރިހަމަ ނަމާއި ގުޅޭނެ ނަންބަރު "އޮފީސް ލޯބި" އިންސްޓަގްރާމް ޕޭޖަށް ޑައިރެކްޓް މެސެޖަކުން ފޮނުވުމަށެވެ. މިއީ އޮފީހުގައި މަސައްކަތްކޮށްލުމަށް ލިބޭނެ ރަނުގެ ފުރުޞަތެއް ކަމަށްވެސް ބުނެފައިވެ އެވެ.

"އޮފީސް ލޯބި"ގެ ފުރަތަމަ ސީޒަންގައި 10 އެޕިސޯޑަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިސީރީޒުގައި ގިނައިން ފެނިގެން ގޮސްފައިވަނީ ފިލްމީ ދާއިރާއަށް އާ ތަރިންނެވެ.

https://www.instagram.com/p/Cft7Y9kpRao/

މިސީރީޒަކީ އޮފީސް މާހައުލުގައި ހިނގާ އެކިއެކި ކަންތައްތަކާ ގުޅުވާލައިގެން ހަދާފައިވާ ކޮމެޑީ ސީރީޒެކެވެ.

"އޮފީސް ލޯބި" ޑައިރެކްޓަރު އަމީނާ މުހައްމަދު (އަމީ) ބުނީ ދެ ވަނަ ސީޒަންގައިވެސް ފުރަތަމަ ސީޒަންގައި ފެނިގެންދިޔަ ތަރިން ފެނިގެންދާނެ ކަމަށެވެ. އަދި ދެވަނަ ސީޒަންގައި އާ ތަރިންނަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އަމީ ބުންޏެވެ.

https://www.instagram.com/p/CfMb6LLpVVs/

ފުރަތަމަ ސިރީޒްގައި އައިމިނަތު ޝުހާ، މަރިޔަމް ވަހީދާ (ޔަމް)، ރަފްހާން، ރޫބީ، ދީނާ (ޖެރީ), ސާލިމް (ބަގްސީ)، ޖިލިއަން، ޝިވާޒު އަދި މުޙައްމަދު އަފްރާޙު ވަނީ ހަރަކާތްތެރިވެފަ އެވެ.