މިނިވަން ދުވަހުގެ މުނާސަބަތުގައި ސަރުކާރު ބަންދުވާނީ ކުރިން ވެސް ހަމަޖައްސައިފައިވާ ގޮތަށް މިމަހުގެ 28 ވާ ބުރާސްފަތި ދުވަސް އެކަނި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން، ކުރިން ވެސް ހަމަޖައްސާފައިވާގޮތުގެ މަތިން ސަރުކާރު ބަންދު ވާނީ މިމަހުގެ މަހުގެ 28 ވާ ބުރާސްފަތި ދުވަސް ކަމަށެވެ. އަދި ޖުލައި މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހު ސަރުކާރު ބަންދުކުރާ ގޮތަށް ހަމަޖެހިފައެއް ނުވެ އެވެ.

ޖުލައި މަހުގެ 28 ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން މިނިވަން ދުވަހާ ގުޅިގެން އަންނަ ހަފްތާގެ ހުކުރު ހޮނިހިރު ހިމެނޭހެން ބަންދު ދުވަހުގެ ގޮތުގައި 5 ދުވަސް ލިބޭނެ އެވެ. މިނިވަން ދުވަހާ ގުޅިގެން 26 ޖުލައި ވާ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ބަންދުވުމަށްފަހު އޮފީސްތައް ދެން ހުޅުވޭނީ ޖުލައި މަހުގެ 31 ވާ އާދީއްތަ ދުވަހު ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.