އިންޑިއާގެ ފިލްމީ ސިނަމާގައި ކާމިޔާބު ފިލްމުތަކެއް ކުޅެދީ ގިނަ ބައެއްގެ ހިތްތަކުގައި ޖާގަ ހޯދި އަމީތާބު ބައްޗަންގެ އަންހެން ދަރިފުޅު، ޝްވޭތާ ނަންދާ، ފިލްމީ ތަރި، އަދި އޭނާގެ ފަހަރި އައިޝްވަރްޔާ ރާއީ ދެކެ ރުޅިއަންނަ ވާހަކަ ތަކަކީ ދޭތެރެއިން ދެކެވޭ ވާހަކަ ތަކެވެ.

އެ ދެމީހުން ވެސް އެކަކު އަނެކަކު ދެކެ ރުޅިއަންނަ ކަމަށް ބައެއް ހަބަރުތަކުން މައުލޫމާތު ލިބިފައިވެ އެވެ. އެގޮތުން އެދެމީހުންގެ މެދުގައި ކަންތައްތައް ގޯސްވީ ޝްވޭތާގެ ސަބަބުން ކަމުގައި ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

ޝްވޭތާ ކައިވެނިކުރީ ފިލްމީ އިންޑަސްޓްރީގައި މަޝްހޫރު ކަޕޫރު ޚާންދާނަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ނިކިލް ނަންދާއާ އެވެ. އެއަށްފަހު ޝްވެތާއަށް ލިބުނު އެންމެ ބޮޑު އުފަލަކަށްވީ، ޝްވޭތާގެ ބޭބެ، އަދި އައިޝްވަރްޔާގެ މިހާރުގެ ފިރިމީހާ، އަބީޝޭކް ބައްޗަން ފިލްމީ ތަރި އަދި ކަޕޫރު ޚާންދާނަށް ނިސްބަތްވާ ކަރިޝްމާ ކަޕޫރާއި ލޯބީގެ ގޮތުން ގުޅުމުނެނެވެ.

އެގުޅުން ދެމި އޮތުމަށް އޭނާ އެދުނު ނަމަވެސް، ކަން ދިމާކުރީ އެހެންނެއް ނޫނެވެ. ކަރިޝްމާގެ މަންމަގެ ބައެއް އެދުން ތަކަށް ފުރަގަސްދިނުމާ ގުޅިގެން ކައިވެނި އޫޅިގެންދިޔަ އެވެ. އެއަށްފަހު އަބީޝޭކް ކަައިވެނިކުރީ އައިޝްވަރްޔާއާ އެވެ.

ނަމަވެސް މި ގުޅުން ޝްވޭތާ އެއްވެސް ގޮތަކަށް ގަބޫލު ނުކުރާކަމަށް ބައެއް ރިޕޯޓުތަކުން ބުނެފައިވެ އެވެ. ހަމައެހެންމެ އައިޝްވަރްޔާ އަށް ޖެއްސުން ކުރުމަށާއި، އޭނާ ލަދުގެންނެވުމަށް ޝްވޭތާގެ ބައެއް އަމަލުތައް މީސްމީޑިއާގެ ސަމާލުކަމަށް ވެސް އައިސްފައިވެ އެވެ.

އައިޝްވަރްޔާ އާއި އަބީޝޭކްގެ ކައިވެންޏަށް މިހާރު 15 އަހަރު ވެފައިވާއިރު، އެދެމީހުންނަށް އަންހެން ކުއްޖަކުވެސް ލިބިފައިވެ އެވެ.