ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމުގައި ހިންގި ހަމަނުޖެހުންތަކުގައި އިސް ދައުރެއް އަދާކުރި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްގެ ބަންދުގެ މުއްދަތު އިތުރުކުރުމާ ގުޅޭ އިސްތިއުނާފު މައްސަލަ ބަލައި ނުގަންނަން ހައިކޯޓުން ނިންމައިފި އެވެ.
ހައިކޯޓުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މައްސަލަ ބަލައިނުގަންނަން ނިންމި ސަބަބެއް ހާމައެއް ނުކުރެ އެވެ.
ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާ، މުހައްމަދު އިސްމާއީލްގެ ބަންދަށް އެންމެފަހުން އިތުރުކޮށްފައި ވަނީ 30 ދުވަހެވެ.
ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ މުހައްމަދު އިސްމާއީލާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި އޭނާ އަކީ އެ ދުވަހު ގަލޮލު ދަނޑު ސަރަހައްދަށް ދިޔަ މީހެއް ނޫން ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއީލް ވަނީ ފްރޭމްކޮށްފައި ކަމަށާއި އެއްވެސް ހެއްކެއް ނެތުމުން، ސިއްރު ހެކީގެ ގޮތުގައި އޭނައާ ދެކޮޅަށް ފުލުހުން ހެކި އުފައްދާފައިވާ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
ސްޕެއިންގެ މޮޅާއެކު މިއާއަށް 1.65 މިލިއަން ޑޮލަރު ލިބިއްޖެ
އީރާނަށް ހަމަލާދިނުމަށް ޔޫކޭ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދީފި
އެމެރިކާއިން ހަނގުރާމައަށް 37.5 ބިލިއަން ޑޮލަރު ހަރަދުކޮށްފި
