ފަހަކަށް އައިސް އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައެއްގެ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ ބަރަހަނާ ފޮޓޯޝޫޓެއް އާންމުކުރި ވާހަކަ ހިމެނެ އެވެ.

ހަމައެހެންމެ ސޯޝަލް މީޑިއާގައި ތަފާތު މީިމްތައް ހަދައިގެން ބައެއް މީހުން ވަނީ އެއަށް ޖޯކު ވެސް ޖަހާފަ އެވެ. މިކަމުގެ ސަބަބުން ރަންބީރަށް ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަ އަމާޒުވެފައިވާއިރު، އެކަމަކީ، އަންހެނުންގެ ހުރުމަތާއި އަބުރަށް ކުރި މަލާމާތެއް ކަމަށް ބުނެ އިންޑިއާގެ ބަޔަކު ވަނީ ރަންބީރާއި ދެކޮޅަށް އެ މައްސަލަ އިންޑިއާގެ ޕޮލިހަށް ވެސް ހުށަހަޅާފަ އެވެ.

އިންޑިއާ ޓުޑޭ އިން ބުނި ގޮތުގައި ރަންވީރާ ދެކޮޅަށް "އަންހެނުންގެ ޝުއޫރުތަކަށް އަނިޔާކުރި" ކަމަށް ބުނެ ޝަކުވާއެއް މުމްބާއީ ޕޮލިސްއަށް ވަނީ ހުށަހަޅާފަ އެވެ. އެ ޝަކުވާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައިނުވެ އެވެ.

މި މައްސަލައާ އެކު ރަންބީރުގެ ލޯބިވެރިޔާ އަދި އަންހެނުން ދީޕިކާ ޕަޑުކޯންއަށްވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވާން ފަށާފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގެ އިތުރުން ދީޕިކާ ފެންނަ ތަންތަނުން އޭނާއާ ދިމާލަށް ރަންބީރާއި ގުޅިގެން ނުރުހުން ފާޅުކުރާކަމަށް އިންޑިއާގެ ހަބަރުތަކުން މައުލޫމާތުދެ އެވެ.

ނަމަވެސް ދީޕިކާގެ ފޭނުން ވަނީ މިކަމާއި ގުޅިގެން ސޯޝަލްމީޑިއާގައި ނުރުހުން ފާޅުކޮށް، ދީޕިކާ ދިފާއުކޮށްފަ އެވެ. އަދި ރަންބީރުގެ ޕްރޮފެޝަނަލް މަސައްކަތުގައި ދިމާވާ މައްސަލަތަކަކީ ދީޕިކާއާ ގުޅޭ މައްސަލަ ތަކެއް ނޫންކަމަށާއި، އެކަން އެފަދައިން ކުރުން ހުއްޓަން ޖެހޭކަމަށް ދީޕިކާގެ ފޭނުން ގޮވާލާފައިވެ އެވެ.

ރަންވީރުގެ އާންމުވި ފޮޓޯތައް ނަގާފައި ވަނީ ނިއު ޔޯކް މެގަޒިނެއް ކަމަށްވާ ޕޭޕާ މެގަޒިން އަށެވެ. އެ ފޮޓޯތަކުގެ ދިފާއުގައި ރަންވީރު ވެސް ވާހަކަ ދައްކާފައިވާއިރު، ދިޕިކާ ވެސް ރަންވީރުގެ ދިފާއުގައި ވަނީ ވާހަކަ ދައްކާފަ އެވެ.