ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ޖައިގެންފި އެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ މިކަން "ހުރިހާ" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ފޯނު ޖަހައިގެން ފައިވަނީ އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ރެސްޓޯރެންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށެވެ.

މިކަމާ ގުޅިގެން މަޖިލިސް ނައިބް ރައީސް އީވާ ވަނީ މިކަން މަޖިލީހުގެ މެމްބަރުންނާއި، މަޖިލީހުގެ އިދާރީ ބޭފުޅުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.

އެމަނިކުފާނުގެ ފޯނު ޖަހައިގަނެގެން ގެންގޮސްފައިވާ ކަމަށް އީވާ މަޖިލީސް ގްރޫޕްގައި ވިދާޅުވުމުން މަޖިލީސްގެ ކައުންސަލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ އެމަނިކުފާނު މަޖިލީސް ވަޓްސްއެޕް ގްރޫޕުން ރިމޫވް ކޮށްފަ އެވެ.