ނުވަދިހައިގެ އަހަރުތަކުގައި ބޮޑު މަޝްހޫރު ކަމެއް ހޯދި ސީރިއަލްއެއްގެ ގޮތުގައި "ސޯން ޕަރީ" ހިމެނެ އެވެ. އަދި އެ ސީރިއަލް އަކީ އޭރު ކުޑަކުދިންގެ ސީރީޒް ތަކުގެ ތެރެއިން އެންމެ މަގުބޫލުކަން ލިބުނު އެއް ސީރީޒްކަން ވެސް ފާހަގަކުރެވެ އެވެ.

ސޯން ޕަރީގައި މައި ރޯލެއް ކުޅެދިނީ ތަންވީ ހެގްދޭ ނަމަކަށް ކިޔުނު ކުއްޖެކެވެ.

ސީރީޒްގައި އޭނާއަށް ކިޔައި އުޅެނީ "ފްރޫޓީ" އެވެ. އަދި ޕަރީއެއްގެ ރޯލު ކުޅެދިނީ މްރިނަލް ކުލްކަރްނީ އެވެ.

ތަންވީ ވަނީ އޭނާގެ އެކްޓު ކުރުމުގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ.

އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި ތަންވީ އަކީ މިހާރު 31 އަހަރުގެ ޒުވާނެކެވެ. އަދި އެހެނިހެން ސީރިއަލްތަކުން މަދުން ނަމަވެސް އޭނާ ފެނިގެންގޮސްފައިވެ އެވެ.

150 އަށް ވުރެ ގިނަ ފިލްމުތަކުން ތަންވީ ފެނިފައިވާއިރު، ފިލްމީ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީއެއް އޭނާއަށް ލިބުނީ، ކުޑައިރުގެ މަސައްކަތް ތަކުންނެވެ. އަދި އޭގެ ތެރެއިންވެސް އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ ސޯން ޕަރީއަށެވެ.