ޝްވެތާ ތިވާރީ އާއި ސެޒާން ޚާން ލީޑް ރޯލުން ފެނިގެންދާ މަގުބޫލު ޑްރާމާ ސީރީޒް "ކަސައުޓީ ޒިންދަގީ ކޭ" އަލުން ސްޓާ ޕްލަސްއިން ދައްކަން ފަށައިފި އެވެ.

ސްޓާޕްލަސްގެ މަޝްހޫރު ސީރީޒް "ކަހާނީ ގަރް ގަރް ކީ"އަށް ފަހު މިފަހަރު ސްޓާޕްލަސް އިން ދައްކަން ފަށާފައިވަނީ "ކަސައުޓީ ޒިންދަގީ ކޭ" އެވެ. މި ޝޯވ ކޮންމެ ދުވަހަކު ރާއްޖޭ ގަޑިން 14:00ގައި ސްޓާޕްލަސް އިން މިހާރު ބަލައިލެވޭނެ އެވެ.

އަލުން މި ސީރީޒް ސްޓާ ޕްލަސްއިން ދައްކަން ފަށާފައިވާއިރު މިއީ މީގެ ކުރިން މިސީރީޒް ބަލައިލުމުގެ ފުރުސަތު ލިބިފައި ނެތް ފަރާތްތަކަށް ރަނުގެ ފުރުސަތަކަށް ވާނެ އެވެ.

މިއީ ޕްރޭނާ އަދި އަނޫރާގްގެ ފޭނުނަށް ލިބިގެން ދިޔަ އުފާވެރި ހަބަރެކެވެ.

2001 ން 2008 އަށް ސްޓާޕްލަސް އިން ދެއްކި މި ސީރީޒްގައި އަނޫރާގްގެ ރޯލު ކުޅެފައިވަނީ ސިޖެން ޚާން އެވެ. ޕްރޭނާގެ ރޯލު ކުޅެފައިވަނީ ޝްވެތާ ތިވާރީ އެވެ. ބަޖާޖްގެ ކެރެކްޓަރ ކުޅެފައިވަނީ ރޯނިތު ރޯއީ އެވެ. ކޮމޯލިކާގެ ރޯލު ކުޅުނީ އުރްވަޝީ ޑޮލަކިއާ އެވެ.

https://www.instagram.com/p/ChM-9fUA_CB/?hl=en

ފުރަތަމަ ސީޒަންއަށް ކާމިޔާބުތަކެއް ލިބިގެންދިޔުމުގެ ސަބަބުން "ކަސައުޓީ ޒިންދަގީ ކޭ"ގެ ދެ ވަނަ ސީޒަނެއްވެސް ސްޓާ ޕްލަސްއިން ވަނީ ގެނެސްދިފަ އެވެ. އެހެންނަމަވެސް ފުރަތަމަ ސީޒަންއަށް ލިބުނު މަގުބޫލުކަމެއް ދެ ވަނަ ސީޒަނަށް ލިބިގެންނުދިޔަ އެވެ.

ދެވަނަ ސީޒަނުގައި ޕާތު ސަމްތާން، އެރިކާ ފަރްނާންޑޭސް އަދި ކަރަން ސިންގް ގްރޯވަރ ލީޑް ރޯލުން ފެނިގެން ދިޔަ އެވެ. ފަހުން ވަނީ ބައެއް މުހިއްމު ރޯލުތައް ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ކަރަން ޕަޓޭލް ބަޖާޖްގެ ރޯލު ކުޅެފައިވާއިރު ކޮލޯލިކާގެ ރޯލުން ހީނާ ޚާނާއި އާމްނާ ޝަރީފް ވަނީ ފެނިގެން ގޮސްފަ އެވެ.