މަޝްހޫރު ހޮލީވުޑްގެ އެކްޓަރު ޖޭސަން މޮމޯއާ އޮލިމްޕިކް ލެޖެންޑަރީ ފެތުންތެރިޔާ ޑޫކް ކަހަނަމޯކޫއާ ބެހޭ ގޮތުން ތައްޔާރު ކުރާ ފިލްމު ޕްރޮޑިއުސް ކުރުމަށް ނިންމައިފި އެވެ.
ޕްރޮޑިއުސަރު ޕީޓާ ސަފްރާންއާ އެކު "އަކުއާމޭން" ގެ ތަރި ޖޭސަން މޮމޯއާ ބަޔޯޕިކެއް ތައްޔާރުކުރުމަށް ނިންމާ މިހާރު އަންނަނީ މިފިލްމުގެ ސުކްރިޕްޓް ލިޔަމުންނެވެ. މިފިލްމުގެ ސްކްރިޕްޓް ލިޔަނީ ކްރިސް ކެކާނިއޯކަލާނީ ބްރައިޓް އެވެ.
މެއި މަހު ޕީބީއެސް އިން ތަޢާރަފްކުރި އެމެރިކަން މާސްޓަރސްގެ ޑޮކިއުމެންޓްރީ ވޯޓާމަން - ޑޫކް: އެމްބެސެޑަރ އޮފް އަލޯހާ"ގެ ސަބްޖެކްޓަކީވެސް ކަހަނަމޯކޫއާ އެވެ.
ކަހަނަމޯކޫއަކީ ޗެމްޕިއަން ފެތުންތެރިއެކެވެ. 5 ފަހަރު އޮލިމްޕިކް މެޑަލް ހޯދައި ރެކޯޑު މުގުރާލި ރާޅާއެޅުންތެރިއެކެވެ. ރިޓަޔާވުމަށްފަހު ކަހަނަމޯކޫ ވަނީ ހަވާއީގައި ގޭސް ސްޓޭޝަނެއް ހުޅުވާފަ އެވެ. 1968 ވަނަ އަހަރު އުމުރުން 77 އަހަރުގައި އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.
ސުވާލާއި ޖަވާބު: ވަކި ވަގުތެއްގެ ކުރިން ކެއުން ހުއްޓާލަން ޖެހޭތަ؟
ރޯދައަށް 15 މިސްކިތެއް ހުޅުވައިފި، އިތުރު 19 މިސްކިތް ހުޅުވަނީ
އަލް ފަތުހު މިސްކިތް އާބާތުރަފިލުވުމުގެ މަސައްކަތް ފަށައިފި