ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓުން "ޑާކްރެއިން ކްރޮނިކްލްސް" ސީރީޒެއް ގެނެސްދިނުމަށް ތައްޔާޒުވެއްޖެ އެވެ.

އަންނަ އޮކްޓޯބަރު މަހު ބައިސްކޯފުން ދެއްކުމަށް ހަމަޖެހިފައިވާ " ޑާކްރެއިން ކްރޮނިކްލްސް" ސީރީޒްގައި ހިމެނެނީ ހަ ހަ އެޕިސޯޑުގެ މައްޗަށެވެ.

އަހުމަދު ތޮލާލުގެ ސްކްރީން ޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ މިސީރީޒްތަކުގެ ވާހަކަ ބިނާވެފައިވަނީ ބަދަލުހިފުމުގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ "ނޮސްޓާލްޖިއާ"، "ފުރޭތަ"، "އައްސަލާމް އަލައިކުމް"، "ސަޕްރައިޒް"، "ރަންކޮޅާ" އަދި "ޕާޓީ" އެވެ.

މި އެންތޮލޮޖީ ސީރީޒް ބައިސްކޯފުން ސްޓްރީމްކުރަން ނިންމައި، އޭގެ ޓީޒާއެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

މި އެންތޮލޮޖީގެ ކޮންމެ އެޕިސޯޑަކުން ވެސް ތަފާތު ކާސްޓެއް ފެންނާނެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ތަރިންނާއި އާ މޫނުތަކެއް ވެސް ހިމެނެ އެވެ.

https://www.instagram.com/p/ChcZyBwpjfA/?hl=en

އޭގެ ތެރޭގައި ޑާކް ރެއިންގެ ގިނަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ މަރިޔަމް މަޖުދާ (މަޖޫ) އާއި އާދަމް ރިޒްވީ (ރެކްސް) އާއި އަހުމަދު ޝާކިރުގެ އިތުރުން މިހާރު ކުރިއަރަމުން އަންނަ އެކްޓަރު އަހުމަދު ޝާރިފު ފެނިގެންދާނެ އެވެ.

https://www.instagram.com/reel/Che4uakJ1kS/?utm_source=ig_embed&ig_rid=e05a8be9-34fe-4190-bc3b-2074bbd05972

ބައިސްކޯފުން އެންމެ ފަހުން ޑާކްރެއިންގެ މަސައްކަތަކަށް ދެއްކީ "ގިރިޓީ ލޯބި" އެވެ. އެ ސީރީޒަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

ޑާކްރެއިން އަކީ ދިވެހިން ގަބޫލުކުރާ ފެންވަރުގެ މޮޅު ފިލްމުތަކެއް ގެނެސްދޭ ކުންފުންޏެވެ. އޭގެ ތެރޭގައި "އެންމެ ފަހު ވިންދާ ޖެހެންދެން"، "ގޮށްރާޅު"، "މާމުއި" އަދި "ވާށޭ މަށާ އެކީ" ހިމެނެ އެވެ.

އަދި ވެސް ޑާކްރެއިނުން ރިލީޒްނުކުރާ ތިން ފިލްމެއް އެބައޮތެވެ. އެއީ "ބަޅިނދު"، "ނޮވެމްބަރ" އަދި "ބީވީމާ" ހިމެނެ އެވެ.