ޖާސޫސު ކުރަން އުޅުނު ކަމަށް ތުހުމަތު ކޮށްގެން ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ދެމީހަކު ހައްޔަރުކޮށްފައިވަނީ ސިއްރު ކެމެރާއެއް ހިފައިގެން ޖާސޫސު ކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ އެދެމީހުންގެ ބަންދަށް 10 ދުވަސް ވަނީ ޖަހައިފަ އެވެ.
މި މައްސަލަ ފުލުހުން ބަލަމުންދާއިރު، މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބިދޭސީ ދެމީހުންނެވެ. އެދެމީހުން ނިސްބަތް ވަނީ އިންޑިއާއަށެވެ. އެދެމީހުންނަކީ އުމުރުން 26 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެއް ކަމަށް މައުލޫމާތުލިބެ އެވެ.
ދެމީހުންނަށް ކޮށްފައިވަނީ ޖާސޫސް ކުރަން އުޅުނު ކަމުގެ ތުހުމަޔެވެ. އެގޮތުން ސްޕައި ކެމެރާ ހަރުކޮށްގެން އެއާޕޯޓު ތެރޭގައި ޖާސޫސް ކުރަން އުޅުނު ކަމަށް އެދެމީހުންނަށް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް މި މައްސަލައިގެ އިތުރު މައްސަލައެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ގެންގުޅުނު މީހާ ދޫކޮށްލައިފި
ދިގުރަށުގައި ބޮޑު އަލިފާނުގެ ހާދިސާއެއް: ފަސް މަރު
ރާއްޖެއަށް ތެޔޮ ހޯދަން އިންޑިއާގެ އެހީއަށް އެދެފި
