ބަންގްލަދޭޝްގެ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް)އަށް ކުރާ ދައުވާގެ އަޑުއެހުން މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.
މީހުންނަށް ނުވަދެވޭ ގޮތަށް ސިއްރުން އޭނާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ އަޑުއެހުން ބާއްވަން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު ފަހު 3:30 ގަ އެވެ.
ނަޝީދު، އަލަމްގިރި ދިރިއުޅުނު ކޮޓަރިއަށް ގޮސްހުރި މަންޒަރު ފެންނަ ފޮޓޯއެއް ޖޫން މަހުގައި ލީކުވުމުން ފޮޓޯއިން ފެންނަނީ އޭނާ ކަމަށާއި، އެ ކޮޓަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމުގައި އޭނާ ބުންޏެވެ. އަދި އޭނާ އެފަދަ އަމަލެއް ނުހިންގާ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ފަހުން ނަޝީދުގެ ވީޑިއޯ ވެސް ވަނީ ލީކުވެފަ އެވެ.
އެ މައްސަލައިގައި ވީޑިއޯ ލީކުވި މީހުންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ފުލުސް އޮފިސަރަކާއި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރު އިބްރާހިމް ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.
މިއީ 1999 ގެ ފަހުން ޔޫރަޕަށް ފެނުނު އެންމެ ފުރިހަމަ އިރުކޭތަ
އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް ޕާކިސްތާނުން ބާރުއަޅަނީ
އުއްމީދު ކުރި ވަރުގެ ކުރިއެރުމެއް ނުލިބުނު: ސަންޖޭ

ލިވާތު ޙިދުމަތް ވިޔަފާރި އުސޫލުން ހޯދުމަކީ ޕްރޮސްޓިޓިއުޝަން. އެވެސް ބައެއް ގައުމުތަކުގައި ބިޒްނަސް ގެ ބާވަތެއް. ކާނަލް ވިދާޅުވީ ބިޒްނަސް މީޓިންގ އަކަށް ދިޔަ ކަމަށް.