ތައިލެންޑަކީ ދިވެހި ވިޔަފާރިވެރިން އެކި ވައްތަރުގެ މުދާ ގިނަ އަދަދަކަށް އެތެރެކުރާ ގައުމެކެވެ. ހާއްސަކޮށް އަންނައުނާއި ބޫޓާއި ފައިވާނާއި އެނޫން ވެސް ގެއަށް ބޭނުންވާ ތަފާތު ސާމާނު ތައިލެންޑުން އެތެރެކޮށް ވިއްކަ އެވެ.
ވިޔަފާރިވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިތުބާރު އެކު މުދާ އަގުހެޔޮކޮށް ރާއްޖެ ގެނެވޭނެ ގޮތެއް ހޯދުމެވެ. އެކަމަށް މިއޮތީ ވަރަށް ރަނގަޅު ހައްލެކެވެ.
މި ހައްލު ދިވެހި ވިޔަފާރިވެރިންނަށް ހޯދައިދިނީ ދިވެހި ވިޔަފާރިވެރިއެއް ކަމަށްވާ އިސްމާއިލް މޫސާ (ޖަންބޯ އިއްސެ) ހިންގާ ޖަމްބޯ ފޯވާޑިންނެވެ.
ތައިލެންޑުގެ ބެންކޮކުން މުދާ ފޮނުވުމުގައި ކަސްޓަމަރުންގެ އަތުން ނަގާ އަގު ޖަމްބޯ ފޯވާޑީން ކޯ ލިމިޓެޑުން މި ވަނީ ހެޔޮކޮށްފަ އެވެ. އަދި މި އަގުތަކަކީ އެހެން އެއްވެސް އެޖެންޓަކަށް ވާދަނުކުރެވޭ ވަރުގެ ހެޔޮ އަގެކެވެ.
ޖަމްބޯ ފޯވާޑިން އިން ބުނީ ބެންކޮކް މުދާ އެއާފްރައިޓުކޮށްނާއި ސީފްރައިޓުކޮށް ރާއްޖެއަށް ފޮނުވުމުގެ އަގު ކުރިއާ އަޅާ ބަލާއިރު މިހާރު ވަރަށް ބޮޑަށް ހެޔޮކޮށްފައިވާ ކަމަށެވެ.
މުދާ ފޮނުވުމުގެ އަގު ހެޔޮކުރީ ކޮވިޑްގެ ވަބާއިން ސަލާމަތްވެ، މީހުން ހިންދެމިލުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
"ކޮވިޑްގެ ފަހުން އެންމެ އަގުހެޔޮކޮށް ބެންކޮކުން ރާއްޖެއަށް މުދާ ފޮނުވައިދޭ ކުންފުންޏަކަށް އަޅުގަނޑުމެންގެ ޖަމްބޯ ފޯވާޑިން ކޯ ލިމިޓެޑް ވާނެ މިހާރު. އެއާ ފްރައިޓްކޮށް އަޅުގަނޑުމެން މުދާ ރާއްޖެއަށް ފޮނުވާއިރު ކިލޯއަކަށް މި ނަގަނީ 3.60 ޑޮލަރު. މިއީ ކުރީގެ އަގުތަކާ އަޅާބަލާއިރު ވަރަށް ކުޑަ އަގެއް،" އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖަންބޯ އިއްސެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 20 ފޫޓުގެ ކޮންޓެއިނާއެއް ސީފްރައިޓްކޮށް ފޮނުވާ ކަމަށްވާ ނަމަ ޖުމްލަ ނަގާނީ އެންމެ 4،150 ޑޮލަރު ކަމަށެވެ. އޭގެ އިތުރުން އެއްވެސް ޗާޖެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.