އިސްލާމް އާބާދު (07 ސެޕްޓެމްބަރު) - ޕާކިސްތާނުން އެގައުމުގެ އާއްމު ރައްޔިތުންނަށް ކަންކަން ފޮރުވަން މަސައްކަތްކުރާ ކުރުމަކީ އެއްވެސް ވަރަކަށް ބަލައިނުގަނެވޭނެ ކަމެއް ކަމަށް ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ އެގައުމުގައި ކުރިއަށް ދިޔަ ސިޔާސީ ހަރަކާތެއް ވަގުތުން ދެއްކުން ހުއްޓުވުމަށްޓަކައި މުޅި ގައުމުގައި ޔޫޓިއުބް މަނާކުރުމާ ގުޅިގެންނެވެ.
އޭޕްރިލް މަހު ބޮޑުވަޒީރު ކަމުގެ މަގާމުން ދުރު ކުރެވުނު ނަމަވެސް މިހާރުވެސް އެގައުމުގެ ރައްޔިތުންގެ މެދުގައި އިމްރާން ޚާންއަށް ވަަރަށް ބޮޑު ތާއީދެއް އޮވެ އެވެ.
އެގޮތުން އޭނާގެ ހިތާބުތަކާއި ސިޔާސީ ހަރަކާތްތަކަށް ޓީވީ ރޭޓިންގްސްތަކުގައި ހޫނު ތަރުހީބެއް ލިބޭއިރު ގިނަ ބަޔަކު އަންނަނީ އެ ހަރަކާތްތަކުގައި އަމަލީ ގޮތުން ވެސް ބައިވެރި ވަމުންނެވެ.
ނަމަވެސް މިދިޔަ އަންގާރަ ދުވަހު ބޭއްވި އިމްރާންގެ ސިޔާސީ އެއްވުމެއް ކުރިއަށް ދިޔަ ވަގުތު މުޅި ގައުމުގެ ބޮޑު ބަޔަކުން ޔޫޓިއުބްގެ ޚިދުމަތް މެދުކެނޑިފައި އޮތުމަކީ ސަރުކާރުގެ ރޭވުމެއް ކަމަށް އިމްރާން ވަނީ ތުހުމަތު ކުރައްވާފަ އެވެ.
މިކަމާ ގުޅިގެން ޔޫޓިއުބުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު އެގައުމުގެ ޓެލެކޮމް އިދާރާއިން ވެސް ވަނީ އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ބުނެފަ އެވެ.
މިދިޔަ މަހު ޕާކިސްމާނުގެ ސަރުކާރުން ވަނީ އިމްރާންގެ ހިތާބުތައް ވަގުތުން ދުރަށް ދެއްކުން ހުއްޓާލުމަށް އެގައުމުގެ ދައުލަތުގެ މީޑިއާއަށް އަންގާފަ އެވެ. -- އަލް އަރަބިއްޔާ
 ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ ހަމަޖައްސައިފި
			ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ ހަމަޖައްސައިފި
		 މިއޮތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީއެއް!
			މިއޮތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީއެއް!
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					