ބޮލީވުޑްގެ ކާމިޔާބު ފިލްމު ފްރެންޗައިޒް "ޑޮން"ގެ ތިންވަނަ ބައިގެ ލީޑު އެކްޓަރަކަށް ޝާހްރުކް ޚާންގެ ބަދަލުގައި ރަންވީރު ހަމަޖައްސާފައިވާ ކަމަށް އަޑު އަރައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ ޝާހުގެ ބަދަލުގައި ރަންވީރު ޑޮން 3ގެ ލީޑު ރޯލަށް ނަގަން ފިލްމުގެ ޑައިރެކްޓަރު ފަރްހާން އަޚްތަރު މިހާރު ނިންމާފައިވާ ކަމަށާއި އެ ނިންމުން ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށެވެ.
މި ފިލްމުގައި ޝާހުގެ ބަދަލުގައި ލީޑު ރޯލުން ފެނިގެންދާނެ ކަމަށް ގިނަ އެކްޓަރުންތަކެއްގެ ނަން ދައުރުވެފައިވެ އެވެ. އޭގެ ތެރޭގައި ރިތިކް ރޯޝަންއާއި ރަންވީރު ހިމެނެ އެވެ.
ޑޮން ފްރެންޗައިޒުގެ ކާމިޔާބު ދެ ފިލްމެއް މިހާތަނަށް ނެރެފައިވާއިރު އެ ދެ ފިލްމުގެ ލީޑު ރޯލުން ވެސް ފެނިގެން ގޮސްފައިވަނީ ޝާހްރުކް ޚާނެވެ.
ފިލްމު އުފައްދާ އެކްސެލް ޕްރޮޑަކްޝަންއާއެކު މީގެ ކުރިން ރަންބީރު މަސައްކަތް ކޮށްފައިވާއިރު އެ ޕްރޮޑަކްޝަންގެ ވެރިންނަށް ރަންވީރު ކަމުގޮސްފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ.
ޑޮންގެ ފިލްމެއްގައި ޝާހުގެ ބަދަލުގައި އެހެން އެކްޓަރެއް ހަމަޖެއްސި ވާހަކަ އަޑު އެރުމާއެކު ޝާހުގެ ސަޕޯޓަރުން ދަނީ ފަރްހާންއަށާއި ފިލްމުގެ ޕްރޮޑަކްޝަންއަށް ފާޑުކިޔައި އެއީ ކާމިޔާބު ފިލްމަކަށް ނުވާނެ ކަމަށް ބުނަމުންނެވެ.
މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފި
ނަފްސާނީ އެހީ ބޭނުންވާ މީހަކަށް ދީގެން ނުވާނެ "ނަސޭހަތެއް"!
ހެހޭ ނުބަލާނެ ނުބަލާނެ، ތި ކޮންމެ ބަޔަކުވެސް ބަލާނީ ބޮޑުކެކުރި ކުޑަކެކުރި އުސޫލުން ކަންތައްކުރެވޭތޯ، ތިކަމުންވެސް ދޭހަވަނީ މިސަރުކާރުގެ ނާގާބިލުކަން ނުކުޅެދުންތެރިކަން، މިހާރުމިއޮތް މައްކާރުންގެ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އިސްލާމްދީނާ ޚިލާފު އެއްވެސް ކަމެއް ބަލާ ފިޔަވަޅު ނާޅާނެކަން މިކަމުންވެސް ސާބިތުވެއްޖެ، ދުނިޔޭގެ ލަދަށްވުރެ އާޚުރަތުގެ ޖަޒާ މާބޮޑުވާނެކަން އެނގޭބާ،! ކޮއްމެ މީހަކުވެސް ބޮލުގާ އެޅިފާވާ މަސްއޫލިއްޔަތަކަށް އާޚުރަތުގާ ޖަވާބުދާރީވާންޖެހޭނެ، އެދުވަހުން ސަލާމަތެއް ނުވެވޭނެ އަ