ރާނީ އެލިޒަބަތު އަވަހާރަވުމުން، އިނގިރޭސި ވިލާތުގައި ހުރި 100،000 އަށް ވުރެ ގިނަ "ރޯޔަލް މެއިލް" ޕޯސްޓް ފޮށި ބަދަލުކޮށް ސްޓޭމްޕްތައް ބަދަލުކުރަން ޖެހިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ރާނީ ދެވަނަ އިއްޔެ ހަވީރު އަވަހާރަވުމާ ގުޅިގެން، މި ގައުމުގެ ޕޯސްޓް ފޮށިތަކުގެ އިތުރުން ސްޓޭމްޕް އާއި ފައިސާގެ ނޫޓު ވެސް ބަދަލުކުރަން ޖެހެ އެވެ.

އިނގިރޭސި ވިލާތުގެ އެކި ތަންތަނުގައި ބަހައްޓާފައިވާ 100،000 އަށް ވުރެ ގިނަ ރޯޔަލް މެއިލް ޕޯސްޓް ބޮކްސް ހުރިއިރު، އެއިން ކޮންމެ ފޮއްޓެއްގައި ވެސް ރާނީގެ އިނީޝިއަލްސް ލިޔެފައި ވެ އެވެ. އީއާރު 2 (އެލިޒަބަތު ރެއިނާ) އެވެ.

އެ ޕޯސްޓް ބޮކްސްތަކުގައި ޖަހާފައި ހުންނަނީ އެ ވަގުތު ތަހުތުގައި އިންނަވާ ބޭފުޅެއްގެ ނަމުގެ އިނީޝިއަލްސް އެވެ. އެހެންކަމުން ޗާލްސް ރަސްކަމަށް އިސްވެވަޑައިގަތުމާއެކު ޕޯސްޓް ފޮށިތައް ހަދަން ޖެހޭނީ އޭނާގެ ނިޝާން – ސީއާރް 3 އެވެ. މިހާރު ރަސްގެފާނު ޗާލްސް އަކީ3 ގެ ނަމުން ނަންދެވިފައިވާ ބޭފުޅެކެވެ.

މިހާ ގިނަ ޕޯސްޓް ފޮށިތަކެއް ބަދަލުކުރަން ޖެހުމުން، އެކަން ކުރަން އަހަރުތަކެއް ނަގާނެ ކަމަށް ލަފާކުރެ އެވެ.

ޕޯސްޓް ބޮކްސް އަށް ލޯބިކުރާ މީހުންގެ ޖަމިއްޔާއެއް ކަމަށްވާ ލެޓާ ބޮކްސް ސްޓަޑީ ގްރޫޕުން ވަނީ 1870 ގެ އަހަރުތަކުގައި ރާނީ ވިކްޓޯރިއާގެ ރަސްކަމަށް ފަހު އެނބުރި އައި މާކްތަކާއި 1920 ގެ އަހަރުތަކުގައި އަދި ޖޯޖް 5 އާއި 1940 ގެ އަހަރުތަކުގައި ޖޯޖް 6 ގެ ނިޝާންތަކާއެކު ހުރި ފޮށިތަކެއް ފެނިފަ އެވެ.

އެ ގައުމުގެ އެންމެ ދުވަސްވީ ޕޯސްޓް ބޮކްސް އަކީ ހޮލްވެލް، ޑޯސެޓްގައި ހުންނަ ވިކްޓޯރިއަން ފޮއްޓެވެ. މިއީ 160 އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، އަދިވެސް ބޭނުން ކުރަމުން އަންނަ ފޮއްޓެކެވެ.

އިނގިރޭސިވިލާތުގައި އެންމެ ފަހުން ސްޓޭމްޕްގެ ފޮޓޯ ބަދަލުކޮށްފައި ވަނީ 1952 ވަނަ އަހަރު ރާނީގެ ބައްޕާފުޅު ކިންގް ޖޯޖް ހަވަނަ އަވަހާރަވުމާ ގުޅިގެންނެވެ. ރާނީގެ ބައްޕާފުޅު އޭރު ކުއްލި ގޮތަކަށް އަވަހާރަވުމުން ސްޓޭމްޕްގެ ފޮޓޯތައް ބަދަލުކުރަން ކުޑަ ދުވަސްކޮޅެއް ނެގި އެވެ. ނަަމަވެސް މިފަހަރު ޗާލްސްގެ ފޮޓޯ ވެސް ނަގާފައިވާ ކަމަށްވެ އެވެ.

އޮރިޖިނަލް ސްޓޭމްޕްތަކުގެ ބަދަލުގައި 1967 ވަނަ އަހަރު މާޗިން ސީރީޒްގެ ނަމުގައި ތައްޔާރުކުރި ސެޓެއްގައި ރާނީގެ ޕްރޮފައިލް ޝޮޓަކަށް ވަނީ ބަދަލުކޮށްފަ އެވެ. އޭގެ ފަހުން ދުވަހަކު ވެސް އެ ސްޓޭމްޕްގެ ފޮޓޯ ބަދަލުކޮށްފައެއް ނުވެ އެވެ. އެއީ ރާނީ އަމިއްލަފުޅަށް އެދިވަޑައިގަތުމުގެ މަތިން ކަމަށް ތާރީޚު ޢިލްމުވެރިން ވިދާޅުވެ އެވެ.

ލަފާކުރަނީ ޗާލްސްގެ ފޮޓޯ ހިމެނޭ ގޮތަށް މިހާރު ވެސް އޭނާގެ ނޫޓު ޕޯޓްރެއިޓް ފޮޓޯ ނަގާފައިވާ ކަމަށެވެ. ނަމަވެސް ރޯޔަލް މެއިލްއިން އެފަދަ ކަމެއް ކުރެއްވިކަން ނުވަތަ ނޫން ކަމަށް ނުބުނެ އެވެ.