ޔޯގާ މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ވެރިންނާއި ފުލުހުންގެ އިސްވެރިން ސަރުކާރުގެ ސަރުކާރުގެ މަސްއޫލިއްޔަތު އާދަކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

މިއަދު އޮތް މި ކޮމިޓީގެ ބައްދަލުވުމަށް ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށައަޅުއްވާފައި މައްސަލަ ވަނީ އެޖެންޑާ ކޮށްފަ އެވެ. އެއީ ޔޯގާއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން އިޖުރާއަތާ ހިލާފަށް ފުލުސް އޮފީހަށް ސިޓީއެއް ފޮނުވި މައްސަލަ އެވެ.

އެ މައްސަލައިގައި ޖަވާބުދާރީކުރުވުމަށް އިސްލާމިކް މިނިސްޓްރީ އާއި ފުލުހުންގެ އިސްވެރިން ކޮމެޓީ އަށް ހާޒިރުކުރުވުމަށް ހުށަހެޅުއްވީ، މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ. އެ ބޭފުޅުން ހާޒިރުކުރުވަން އެއްވެސް މެންބަރަކު އިންކާރުކުރައްވާފައި ނުވާތީ، ކޮމެޓީން މިއަދު ވަނީ އެގޮތަށް ނިންމާފަ އެވެ.

ކޮމިޓީއަށް އާދަމް ޝަރީފް ހުށަހެޅުއްވި ސިޓީގައި ވަނީ ރާއްޖޭގައި ޔޯގާ ހަރަކާތެއް ބާއްވަން ނުފެންނަކަމަށް އިސްލާމިކް މިނިސްޓްރީން ފުލުސް އޮފީހަށް ސިޓީއެއް ފޮނުވާފައިވަނިކޮށް ސަރުކާރުން ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވުމުގެ ސަބަބުން އެ ތަނުގެ މަސްލަހަތު ގެއްލި ހަމަނުޖެހުން ހިންގާފައިވާއިރު, އެ މިނިސްޓްރީން ފޮނުވި ސިޓީ ފޮނުވީ އިޖުރާޢަތްތަކާއި ހިލާފަށްކަމަށް ބުނެ ބަޔާނެއް ނެރުނު ކަމަށެވެ.

ޔޯގާ ދުވަހުގެ ހަރަކާތްތައް ހުއްޓުވަން މިނިސްޓްރީން ފުލުހުންނަށް ސިޓީއެއް ފޮނުވުމަށްފަހު ފަހުން ބުނީ އެއީ އިޖުރާއަތުތަކާ ހިލާފަށް ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ.