މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތް ނާރާޔަންގެ ދަރިފުޅު އަދިތްޔާ ނާރާޔަންއަށް ބައްޕަ ފަދަ ލަވަކިޔުންތެރިޔަކަށް ނުވެވުނަސް މުނިފޫހި ފިލުވުމުގެ ދާއިރާއިން އޭނާ އަކީ މަޝްހޫރު ނަމެކެވެ. އެގޮތުން ޝޯތައް ހުށައަޅައިދިނުމުގައި ފާހަގަކޮށްލެވެ އެވެ.

ދާދި ފަހުން މީޑިއާތަކުގެ ފަލަ ސުރުހީ އިން ޖާގަ ހޯދީ އަދިތްޔާ ކައިވެނި ކުރި ހަބަރަށެވެ. ރިޕޯޓުތައް ބުނާ ގޮތުން އަދިތްޔާ އާއި އޭނާގެ އަންހެނުން ޝްވެތާ ދިރިއުޅެން ގަތް ގޭގެ އަގަކީ ހަތަރު ކަރޯޑް ރުޕީސް އެވެ.

މި އަދަދާއި ގުޅޭ ގޮތުން އަދިތްޔާ އާއި ސުވާލު ކުރުމުން އޭނާ ވަނީ އަސްލު އަގު ހަމަކޮށްފަ އެވެ.

"ހަ ހަ ހަ. ހާދަ ކުޑަ އަގެކޭ. އަހަރެން މި ގެ ގަތީ 10.5 ކަރޯޑް ރުޕީސްއަށް، އަހަރެން ކުޑަ އިރުއްސުރެ މަސައްކަތް ކުރަން،" އަދިތްޔަ ބުންޏެވެ.

ކައިވެންޏަށް ފަހު އަންހެނުން ވަޒީފާ އަދާކުރުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަދިތްޔާ ބުނެފައިވަނީ ޝްވެތާ ބޭނުން ކޮންމެ ކަމެއް ކުރުމުގެ ހުއްދަ އޭނައަށް އޮންނާނެ ކަމަށެވެ.