ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ބަހުރެއިނަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާދަމާއިން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ރައީސް ބަހްރެއިނަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރަސްގެފާނު ހަމަދް ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް މިއުވާން ހާމަކޮށްފައިނުވެ އެވެ.
ރައީސް ސޯލިހު އެންމެ ފަހުން ރަސްމީ ދަތުރުފުޅެއް ކުރެއްވީ އިނގިރޭސި ވިލާތަށެވެ. އެއީ ރާނީ އެލިޒަބެތް ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އޭގެ ކުރިން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އިންޑިއާއަށް އަދި ޖޫން މަހު ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރުވާންޑާއަށް ދަތުރުފުޅެއް ކުރައްވާފައިވެ އެވެ.
އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ބްރޯޑްކާސްޓިން ކޮމިޝަނަށް ނުލިބި 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ