ވޮޝިންޓަން (20 އޮކްޓޯބަރު) - މެދުއިރުމަތީގެ ގައުމުތަކުގައި ހަރަކާތްތެރިވި އެމެރިކާގެ މައި އަސްކަރީ ޔުނިޓެއް ކަމަށްވާ ފިފްޓީ ފިފްތު އެކްސްޕެޑިޝަނަރީ ރެޑް ހޯސް ޔުނިޓު އުވާލައިފި އެވެ.

ރެޑްހޯސްއަކީ ސައޫދީ އަރަބިއާ، އިރާގް، އަފްޣާނިސްތާން އަދި އެ ނޫން ވެސް ސަރަހައްދުތަކުގައި އެއާ ބޭސްތައް ގާއިމު ކޮށްދިނުމުގައި ހަރަކާތްތެރިވި ޔުނިޓެކެވެ.

މި ޔުނިޓް އުވާލުމުގެ ގޮތުން މިދިޔަ ހަފްތާ ބަންދުގައި ގަތަރުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު ޔުނިޓުގެ ސިފައިން ވަރަށް އަވަހަށް އަނބުރާ އެމެރިކާއަށް ދާން ފަށާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

އެމެރިކާއިން އެގައުމުގެ އަސްކަރިއްޔާގެ ރެޑް ހޯސް ޔުނިޓް އުވާލަން ނިންމީ ރައީސް ބައިޑަންގެ އާ އަސްކަރީ ސިޔާސަތުގެ ދަށުން އެހެން ގައުމުތަކުގައި ހަރަކާތްތެރިވާ އެގައުމުގެ އަސްކަރީ ޔުނިޓްތައް މަދު ކުރުމުގެ ގޮތުންނެވެ.

ބައިޑެންގެ އަސްކަރީ ސިޔާސަތުތަކުގެ ދަށުން އެހެން ގައުމުތަކުގައި ހަރަކާތްތެރިވާ އެގައުމުގެ ސިފައިން މަދު ކުރަން ނިންމަވާފައިވާއިރު އެެމެރިކާގެ އެކި ހިސާބުތަކުގައި އޮޕަރޭޝަންތައް ވަރުގަދަ ކުރަން ވަނީ ނިންމަވާފަ އެވެ.

އެގޮތުން ޗައިނާއާއި ރަޝިއާގެ ފަރާތުން އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކާ ފާހަގަކޮށް އެކަަމަށް އެކަށޭނަ ފިޔަވަޅުތަކެއް އަޅަން ވެސް އެ ސިޔާސަތުތަކުގައި ކަނޑައަޅުއްވާފައިވެ އެވެ.

ރެޑް ހޯސް އުވާލި ކަމުގައި ވިޔަސް މެދު އިރުމަތީގައި އަދިވެސް އެމެރިކާ އަސްކަރިއްޔާގެ އެހެން ޔުނިޓުތަކެއް ހަރަކާތްތެރިވާނެ ކަަމަށް ރިޕޯޓުތައް ބުނެ އެވެ. -- އަލް އަރަބިއްޔާ