ޓުވިޓާއިން އެ ކުންފުނީގެ ކޮންމެ ޕްރިމިއަމް އެކައުންޓަކަށް 20 ޑޮލަރުގެ މަހު ފީއެއް ނަގަން ނިންމައިފި އެވެ.

މި ބަަދަލަކީ އެ ކުންފުނީގެ އާ ވެރިޔާ އިލަން މަސްކްގެ ލީޑާޝިޕްގެ ދަށުން ކުންފުނީގެ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ތެރެއިން ބަދަލެކެވެ.

އެގޮތުން ޓްވިޓާގެ ޕްރިމިއަމް ސަބްސްކްރިޕްޝަންގެ ގޮތުގައި ގޮތުގައި ކުރިން ނަގަމުން އައި 4.99 އެމެރިކާ ޑޮލަރުގެ އަގު ބަދަލުކޮށް އެ އަގު ވަނީ މިހާރު 19.99 ޑޮލަރަށް ބޮޑުކޮށްފަ އެވެ.

ޕްރިމިއަމް ސަބްސްކްރިޕްޝަންތަކަކީ އާއްމުކޮށް ފިލްމީ ތަރިންނާއި އެނޫންވެސް ގޮތްގޮތުން ނަން މަޝްހޫރު ޝަހްސިއްޔަތުން އެ އެކައުންޓަކީ އެ ފަރާތްތަކުގެ ރަސްމީ އެކައުންޓްކަން އެންގުމުގެ ގޮތުން އާއްމުކޮށް ނަގާ ސަބްސްކްރިޕްޝަން އެކެވެ.

މި ބަަދަލުގެ އިތުރުން ވެސް ކުރިއަށް އޮތްތަނުގައި ޓްވިޓާއަށް އިތުުރު ބަަދަލުތައް އަންނާނެ ކަމަށް ބެލެވެ އެވެ. މީގެ ތެރޭގައި އާ ފީޗާތައް ވެސް ހިމެނެ އެވެ.

މި ބަދަލު ކުރިއަށް އޮތް ހަފްތާ ތެރޭގައި ގެނެވޭ އިރު މިހާރުގެ ޕްލޭން ނަގާފައިވާ ފަރާތްތަކަށް އާ ޕްލޭންއަށް ބަދަލު ކުރަން 90 ދުވަސް ލިބޭނެ ކަމަށް ޓްވިޓާއިން ބުނެ އެވެ.

މިދިޔަ ހަފްތާ ތެރޭގައި 44 ބިލިއަން ޑޮލަރަށް އިލަން މަސްކް ޓްވިޓާ ގަނެފައިވާއިރު އެއަށްފަހު ކުންފުނީގެ މެނޭޖްމަންޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. -- ޑެއިލީ މެއިލް