ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަވަހާރަކޮށްލަން މިއަދު ހަމަލާދީފި އެވެ.
އިމްރާން ޚާންގެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ކެމްޕޭން އެއްވުމެއް ނިންމާލުމަށްފަހު ކާރަކަށް އަރާވަޑައިގަންނަވަނިކޮށް ބަޑިން ދިން އެ ހަމަލާ އަމާޒުވެފައި ވަނީ އިމްރާންގެ ފަޔަށް ކަމަށެވެ. އަދި ފަރުވާދިނުމަށް މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ ޕާޓީގެ އޮފިޝަލް ވިދާޅުވި އެވެ.
އިމްރާނަށް މި ހަމަލާދީފައި ވަނީ ޕާކިސްތާނުގެ ގުޖްރަންވާލާ ކިޔާ ސަރަހައްދެއްގައި ކަމަށްވެ އެވެ. މި ހާދިސާގައި އިތުރު ބަޔަކަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބުނު ކަމަށްވެ އެވެ.
އިމްރާން ގެންދަވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި ވެރިރަށް އިސްލާމްއާބާދަށް ކުރިއަށް ގެންދާ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުން އިމްރާން ޚާން ދުރުކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހު ނެގި އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހު އެވެ. އަދި އެ ވޯޓުން ނާކާމިޔާބުވި ނަމަވެސް އަންނަ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކޮށް އޭނާ ދަނީ ކެމްޕޭން ވެސް ކުރައްވަމުންނެވެ.
ޕާކިސްތާނުގެ ކުރީ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ ވެސް އަވަހާރަކޮށްލީ ބަޑިން ހަމަލާދީ އެވެ.
 ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ ހަމަޖައްސައިފި
			ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ ހަމަޖައްސައިފި
		 ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
			ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
		 މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
			މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
		 
					 
					 
					 
					 
					 
					 
					 
					 
					 
					