ބޮލީވުޑްގެ މަޝްހޫރު ތަރިނާ ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް ހޯދުމަށް ގިނަ ބަޔަކު ބޭނުންވެ އެވެ. އަދި އެތަރިންގެ ދިރިއުޅުމުގައި މިހާރު ހާސިލުކުރެވިފައިވާ ކަންތައްތަކާބެހޭ މައުލޫމާތު ހޯދުމަށް ގިނަ ބަޔަކު ޝައުގުވެރިވެ އެވެ.
ބޮލީވުޑް ތަރިންނަކީ އެމީހުން މުއްސަދި ދިރިއުޅުމުގެ ވާހަކަ ގިނަ ބަޔަކު ދައްކާ ވާހަކަ އެކެވެ. އެގޮތުން ބައެއް ތަރިން ވަނީ ވިޔަފާރި ދާއިރާގައި ގިނަ އިންވެސްޓް ވެސް ކޮށްފަ އެވެ.
ބައެއް ތަރިން ވަނީ ރެސްޓޯރެންޓް ވިޔަފާރީގައި ވެސް އިންވެސްޓް ކޮށްފަ އެވެ. މިއީ އިންޑިއާ އާއި އިންޑިއާއިން ބޭރުގައި ވެސް އަގުބޮޑު ރެސްޓޯރެންޓްތައް ހިންގާ ބައެއް މަޝްހޫރު ފަރާތްތަކެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެކްލިން ފެނާންޑޭޒް ވަނީ 2018 ވަނަ އަހަރު އޭނާގެ ތައި ރެސްޓޯރެންޓް ބަންދްރާގައި ތައާރަފްކޮށް ފައެވެ. ޕަލީ ތާލީގެ އިތުރުން ޖެކްލިން އަކީ ކޮލަމްބޯގައި ހުންނަ ކައިމާ ސުތުރާގެ ފަހުރުވެރި ވެރިއެކެވެ.
ބޮލީވުޑްގެ އެކްޓަރު ޑިނޯ މޮރޭއާ އަކީ ޔޫރަޕްގެ ކެއުންތަކުގެ ތެރެއިން ކްރޭޕް، ވަފްލްސް، ޕެންކޭކް، އަދި ބިސް ބެނެޑިކްޓް ފަދަ ކެއުންތަކުން މަޝްހޫރު ކްރޭޕް ސްޓޭޝަން ކެފޭގެ ވެރިޔާ އެވެ. މި ކެފޭ ހުންނަނީ މުމްބާއީގަ އެވެ.
ބަތަލާ ޕްރިޔަންކާ ޗޯޕްޅާއަކީ ނިއުޔޯކް ސިޓީގައި ސޮނާގެ ނަމުގައި ރީތި އަދި ތަނަވަސް ރެސްޓޯރެންޓެއް ހިންގާ މީހެކެވެ. މި ރެސްޓޯރެންޓުން ނިއު ޔޯކްގައި އިންޑިއާގެ ކެއުންތައް ފޯރުކޮށްދެ އެވެ.
ބޮލީވުޑްގެ އެކްޓަރު ޗަންކީ ޕާންޑޭވެސް އަންނަނީ ރެސްޓޯރެންޓެއް ހިންގަމުންނެވެ. މިއީ ވެސް އަގު ބޮޑު ކެއުންތަކާއި ބުއިންތަކަށް ހާއްސަ ކޮށްގެން ހިންގާ ރެސްޓޯރެންޓެކެވެ.
ބަތަލާ ޝިލްޕާ ޝެޓީ ކުންދުރާ އަކީ ބަންދްރާ ވެސްޓްގައި ހުންނަ ބަސްޓިއަންގެ ވެރިޔާ އެވެ. އެތަނުން ބަޓާ- ޕޮޗްޑް ލޮބްސްޓާ ފަދަ ޑިޝްތައް ލިބެން ހުރެ އެވެ. އެ ރެސްޓޯރެންޓުން ލުބުނާނުގެ ތަފާތު ކެއުންތައް ލިބެ އެވެ.