މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ހަށިތައް އެ މީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އެންމެ ހަށިތައް މިހާރު އެމީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. މިހާދިސާގައި 10 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ އަށް މީހަކާއި ދެ ބަންގްލަދޭޝް މީހެކެވެ.

މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން ހާލު ސިރިއަސްވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން މިއަދު ބުންޏެވެ.

ފުލުހުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ރޭ ދަންވަރު 12:30 ހާއިރު އެ ގޭގަައި އަލިފާން ރޯވިއިރު، އެ ތަނުގައި ތިބީ 26 މީހެކެވެ. މިހާތަނަށް މާލޭގައި ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި މި ހާދިސާގައި އެންމެ ފުރަތަމަ ރޯވި ގަރާޖަކީ ގަވައިދާ ހިލާފަށް ހިންގަމުން ދިޔަ ތަނެކެވެ.

ފުލުހުން ބުނި ގޮތުގައި އެއީ ހުޅުމާލޭގައި ހިންގަން ހުއްދަ ދީފައިވާ ގަރާޖެކެވެ.

އަލިފާން ރޯވާން ދިމާވި ސަބަބަކާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުން އަދި އެއްޗެއް ބުނެފައި ނުވާއިރު، ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.