ބަންގީގެ އަޑަށް ފަރިވެ ފޮޅޭ މި މަލުން މުޅި ދުނިޔެއަށާއި ހާއްސަކޮށް މުސްލިމް އުންމަތަށް ވެސް މިވަނީ ހައިރާންކަމެއް ގެނުވާފަ އެވެ.
އަހަރެމެންގެ އީމާންތެރިކަން އިތުރަށް ވަރުގަދަ ކުރުވާ، މި ހައިރާންކުރުވަނިވި މަންޒަރު އެތައް ބަޔަކު ވަނީ ވީޑިއޯ ވެސް ކޮށްފަ އެވެ. ގަބޫލުނުކުރެވެންޏާ ތިރީގައި އެވާ ވީޑިއޯ ބަލައިލާށެވެ.
މި މަންޒަރު ބަލާ އާޝޯޚުވި އެތައް ބަޔަކު ވަނީ މި މަންޒަރު ވީޑިއޯކޮށް ބައިނަލްއަގުވާމީ މީޑިއާއެއް ކަމަށްވާ ސީއެންއެން އަށް ފޮނުވާފަ އެވެ. އަދި ސީއެންއެން އިން ވަނީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ކުޅަދުންވަންތަކަމާއި ގުދުރަތްތެރިކަމުގެ ލާމަސީލު ނަމޫނާގެ މައްޗަށް ޑޮކިއުމެންޓަރީއެއް ވެސް ތައްޔާރުކޮށްފަ އެވެ.
މި މަލުން ހައިރާންކަން ގެނުވީ ހަމައެކަނި މުސްލިމުންނަށް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ފިކުރުގެ މީހުން ވަނީ މި ވީޑިއޯތައް ޝެއާކޮށްފަ އެވެ. އަދި ބަންގީގެ އަޑާއި ގުދުރަތްތެރިކަން ގުޅިފައިވާ މިންވަރާއި ބެހޭގޮތުން މި މީހުން ވަނީ ވާހަކަ ދައްކާފަ އެވެ.
ތިރީގައި އެވަނީ ސީއެންއެން އިން މިކަމާއި ގުޅޭގޮތުން ތައްޔާރުކުރި ޑޮކިއުމެންޓަރީ އެވެ.
މި ވައްތަރުގެ މާ ފެންނަން ހުންނަނީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ އާޒަރްބައިޖާންގަ އެވެ. އެ ގައުމުގެ ގިނަ މީހުން ވަނީ ގުދުރަތުގެ މި ރީތި މަންޒަރު ބެލުމަށްޓަކައި އެމީހުންގެ ގޭގޭގައި މި ވައްތަރުގެ މާ ގަސްތައް ހައްދާފަ އެވެ.
އާޒަރްބައިޖާންގެ މާގަސް ހައްދާ މީހަކު ބުނެފައިވާ ގޮތުގައި މި ވައްތަރުގެ މާ ގަސްތައް އެކި ސިފަތަކުގައި ހުރެ އެވެ. އަދި އެކި ކުލަ ކުލައިގެ މާ ގަސްތައް ވެސް ހުރެ އެވެ. މީގެ އިތުރުން ކޮންމެ ގަހެއްގައި ވެސް ހާއްސަގޮތެއް ހުންނަ ކަމަށް ވެސް އެ މީހާ ބުންޏެވެ.
މި މަންޒަރު ހަމަ ލޮލަށް ފެނުނު ސީއެންއެންގެ ރިޕޯޓަރު ވެސް ހުރީ އަޖައިބުވެ އަންތަރީސްވެފަ އެވެ. އަދި ދިނާއި ސައިންސް ގުޅިފައިވާ މިންވަރު އަންދާޒާކުރެވޭ ކަމަށާއި އެއީ "ޕާފެކްޓް ކޮމްބިނޭޝަންއެއް" ކަމަށް ބުނެފައިވެ އެވެ.
މިފަދަ ކޮންމެ ކަމަކުންވެސް ދޭހަ ވެގެން ދަނީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމެވެ. ވިސްނައިފި މީހަކަށް އެތައް އިބުރަތެކެވެ. --މަސްދަރު: އިސްލާމިކް އިންފޮމޭޝަން
ތިގަހަށް ކިޔަނީ ކޮންނަމެއްތަ