ބިގް ބޮސް އޯޓީޓީ ކާމިޔާބުކުރި އަދި ޓީވީ ބަތަލާ ދިވްޔާ އަގަރްވާލް އެންގޭޖް ވެއްޖެ އެވެ.

ދިވްޔާ ވަނީ އޭނާ އެންގޭޖްވިކަން އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓްގައި ހާމަކޮށްފަ އެވެ. މިކާއެކު އޭނާގެ ސަޕޯޓަރުންނާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

ދިވްޔާ އެންގޭޖް ވެފައިވަނީ އިންޑިއާގެ ޒުވާން ވިޔަފާރިވެރިޔާ އަޕޫރްވާ ޕަޑްގައޮންކާއާ އެވެ.

އަޕޫރްވާ އާ ދިވްޔާ ރައްޓެހިވުމުގެ ކުރިން ދިވްޔާ ވަނީ ޓީވީ އެކްޓަރު ވަރުން ސޫދު ރައްޓެހިވެގެން ހަތަރު އަހަރު އުޅެފަ އެވެ.

https://www.instagram.com/apurva.insta/?utm_source=ig_embed&ig_rid=d352a01d-1ffe-4f43-a7e3-7c17ef081c5b

މަޝްހޫރު ރިއަލިޓީ ޝޯތައް ކަމަށްވާ، "އެމްޓީވީ ސްޕްލިޓްސްވިލާ" އާއި "އޭސް އޮފް ސްޕޭސް" އަދި "ބިގްބޮސް އޯޓީޓީ" އިން ވެސް ފެނުނު 30 އަހަރުގެ ދިވްޔާ އާއި ވަރުން ރުޅިވީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި އެވެ. އެމީހުން ރުޅިވި ސަބަބެއް ހާމަކޮށްފައިނުވެ އެވެ.

"ކޮންމެ ކަމަކަށް ބޮޑު ބަޔާނެއް ނެރޭކަށް ނުޖެހޭ. އެކްސްކިއުޒް އާއި ސަބަބު ބުނެދޭކަށް ވެސް ނުޖެހޭ. ރުޅިވާން ނިންމި ނިންމުމަކީ އަމިއްލަ ނިންމުމެއް. އޭނާއާ އެކު އުޅުނު އުފާވެރި ވަގުތުތަކަކީ އަހަންނަށް އަގު ހުރި ވަގުތުތަކެއް. އޭނާ އަކީ ރަނގަޅު މީހެއް. އޭނާ ވާނީ އަބަދު ވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަށް،" ވަރުނާއި ރުޅިވުމަސްފަހު އޭރު ދިވްޔާ ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

ދިވްޔާގެ ދާދި ފަހުން ނެރުނު ލަވަ 'ރޭޝަމް ކާ ރުމާލް' އަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.