ބޮލީވުޑްގެ ކާމިޔާބު ދެ ތަރިން ކަމަށްވާ ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފްގެ ކައިވެނީގެ ފުރަތަމަ އެނިވާސަރީ އިއްޔެ ފާހަގަކޮށްފައިވާއިރު ދެމީހުން ވެސް ވަނީ އެކަކު އަނެއްކަށް އަގު ބޮޑެތި ހަދިޔާ ދީފަ އެވެ.

އެގޮތުން ވިކީ ވަނީ އެނިވާސަރީ ހަދިޔާއެއް ގޮތުގައި އަންހެނުން ކެޓްރީނާއަށް އަގު ބޮޑު ގަހަނާއެއް ހަދިޔާ ކޮށްފަ އެވެ. ކެޓްރީނާ އަށް ލިބުނު ގަހަނާއަކީ އަމިއްލަ ޑިޒައިންނަކަށް ހަދާފައިވާ ގަހަނާއެކެވެ. އަދި ކެޓްރީނާ ވަނީ ވިކީއަށް އަގު ބޮޑު ކާރެއް ހަދިޔާ ކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވިކީ އާއި އެކްޓްރީނާ ހަދިޔާ ދިނުމުގައި ބަލާފައިވަނީ މުޅި އުމުރަށް ވެސް ހަނދާން ހުންނާނެ ކަހަލަ ހަދިޔާއެއް ދިނުމަށެވެ.

ކެޓްރީނާ އާއި ވިކީ

އެ މީހުން ޗުއްޓީ ހޭދަކުރަމުން އަންނަ ތަން ހާމަކޮށްފައިނުވާއިރު، ކެޓްރީނާ އާއި ވިކީވެސް އަންނަނީ އެމީހުން ޗުއްޓީގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

އެގޮތުން ދެން ކެޓްރިނާ އެންމެ އަވަހަށް ފެނިގެން ދާނީ ސަލްމާން ޚާނާއި އިމްރާން ހާޝްމީއާ އެކު ފެނިގެންދާ "ޓައިގާ 3" އިންނެވެ.

އޭގެ އިތުރުން، ޕްރިޔަންކާ ޗޯޕްރާ އާއި އާލިއާ ބަޓްއާ އެކު ވިޖޭ ސެތުޕަތީ އާއި ފަރްހާން އަޚްތަރުގެ "ޖީ ލޭ ޒާރާ" އާއި ސްރީރާމް ރަގަވަންގެ "މެރީ ކްރިސްމަސް" އިން ވެސް ކެޓްރީނާ ފެނިގެން ދާނެއެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ސިދާންތު ޗަތުރަވޭދީ އާއި އިޝާން ޚައްތަރުއާ އެކު "ފޯން ބޫތު" އިންނެވެ.