ވޮޝިންޓަން (10 ޑިސެމްބަރު)- 2020 ވަނަ އަހަރު އެމެރިކާގައި އޮތް މުޒާހަރާތަކެއްގެ ތެރެއިން ފުލުހުން މަރާލި ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އިތުރު ފުލުސް އޮފިސަރަކަށް ހުކުމްކޮށްފި އެވެ.

މިނިއޮޕޮލިސްގެ ކުރީގެ ފުލުސް އޮފިސަރެއް ކަމަށްވާ އެލެކްސެންޑާ ކުއެންގް ވަނީ ގަސްދުގައި މީހަކު މަރާލަން ހިތްވަރުދީ އެހީވި ކަމަށް ޝަރީއަތުގައި އެއްބަސްވެފަ އެވެ.

އެލެކްސެންޑާގެ އިއުތިރާފާއެކު މައްސަލަ ބެއްލެވި ގާޟީން ވަނީ އޭނާއަށް ތިން އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

އެލެކްސެެންޑާއަކީ 2020 ވަނަ އަހަރު އެމެރިކާގައި މަރާލި ޖޯޖް ފްލޮއިޑް މަރާލުމުގައި ބައިވެރިވި ހަތަރު ފުލުސް އޮފިސަރުންގެ ތެރެއިން އެއް އޮފިސަރެވެ.

ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް މަރުވެފައިވަނީ ދޮން ނަސްލުގެ ފުލުސް އޮފިސަރެއް ކަމަށްވާ ޑެރެކް ޗައުވިން ޖޯޖް ފްލޮއިޑްގެ ކަރުގައި ކަކޫ އަޅައިގެން ނުވަ މިނެޓު ހުރުމުން ނޭވާ ހާސްވެގެންނެވެ. މި މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އޭރު ދައުރުވެފައިވެ އެވެ.

އެލެކްސެންޑާއަށް މިފަހުން ހުކުމް ކުރެވުނު ނަމަވެސް ފްލޮއިޑްގެ ކަރުގައި ކަކޫ އަޅައިގެން ހުރި ޑެރެކް ޗައުވިންއަށް ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު 22 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ޖޯޖް ފްލޮއިޑްގެ މަރާއެކު އެމެރިކާގައި އޮތް ނަސްލީ ތަފާތު ކުރުންތަކުގެ ވާހަކަތައް އިހުނަށްވުރެ އަޑުގަދަ ވެފައިވާއިރު ފުލުހުންނަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. -- ސީ އެން އެން