ނިއުޒިލެންޑުގައި އެގައުމުގެ އުމުރުން 14 އަހަރަށްވުރެ ދަށުގެ ކުދިން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާ ގާނޫނެއް ފާސްކޮށްފި އެވެ.
މި ގާނޫނާއެކު އެގައުމުގެ ޒުވާނުންނަށް ސިނގިރޭޓު ވިއްކުމާއި ދިނުމަކީ ވެސް ގާނޫނީ ކުށެކެވެ. އެއާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގާނޫނުން އަދަބު ކަނޑައެޅިގެންވާ ކުށެކެވެ.
މި ފިޔަވަޅަކީ ބޮޑުވަމުން އަންނަ ޖީލަކީ ދުންފަތާ ދުރު ސިއްހަތަށް އިސްކަންދޭ ޖީލަކަށް ހެދުމަށްޓަކައި އެޅި ފޔަވަޅެއް ކަމަށް ނިއުޒިލެންޑްގެ އިދާރާތަކުން ބުނެ އެވެ.
މިއާއެކު އެގައުމު ވެފައިވަނީ އާ ޖީލަށް ދުންފަތުގެ އިސްތިއުމާލު ކުރުން ގާނޫނަކުން މަނާކުރި ފުރަތަމަ ގައުމަށެވެ. އެހެން ގައުމުތަކުން ވެސް ނިއުޒިލެންޑް ނަމޫނާއަކަށް ބަލައި މިފަދަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ.
ނިއުޒިލެންޑްގެ ހެލްތު މިނިސްޓްރީއިން ބުނެފައިވަނީ އެގައުމުގެ އަމާޒަކީ 2025 ވަނަ އަހަރާ ހަމައަށް އެގައުމަކީ ދުންފަތުން ސަލާމަތްވެފައިވާ ގައުމަކަށް ހެދުން ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ގާނޫނަކުން މަނާކުރުމުގެ އިތުރުން ވެސް ނިއުޒިލެންޑުން ވަނީ ސިއްހީ އެކި ކެމްޕެއިންތައް މުޅި ގައުމުގައި އިތުރުކުރަން ނިންމާފަ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދުނިޔޭގައި ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު ދުނިޔެ ދޫކުރެ އެވެ. ދުންފަތާ ދުރުވުމަކީ އުޖާލާ ދިރިއުޅުމަކަށް މުހިއްމު ކަމެކެވެ.